އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ފީފާގެ އެހީގައި ކުޑަހުވަދޫގައި ވިނަ ދަނޑެއް އަޅައިދެނީ

5 years ago

ކުޑަހުވަދޫ އޮންލައިން

ފީފާގެ އެހީގައި އަތޮޅު ތެރޭގެ 18 ރަށުގައި އަޅާ ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ތެރޭގައި ދ.ކުޑަހުވަދޫ ހިމަނައިފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލު ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވީ ދަނޑު އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ބިންތައް ކަނޑައެޅި، ހުއްދަ ލިބުމާއެކު މަސައްކަތް ފަށާނޭކަމަށެވެ.

“ދަނޑުތައް އަޅަން ރަށްތައް ހޮވާފައި ވަނީ، 2017 އަދި 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ޓީމުތަކަށް ބަލާފައި. މީގެ އިތުރުން ދެރަށެއް ހިމަނާފައިވާނެ، ފުޓްބޯޅައިގެ މުސްތަގުބަލަށް ބަލާފައި އެރަށްތަކުން އެދިގެން،” ކޮންމެ އަހަރަކުވެސް ވިނަ ދަނޑުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަން ހާމަކުރަމުން ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަޒާވް، ސަން އޮންލައިން އާ މި ވާހަކަތައް ހިއްސާ ކުރަމުން ވިދާޅުވީ ވިދާޅުވީ، ނެޗުރަލް ގްރާސް ފުޓްބޯލް ގްރައުންޑް ޕްރޮޖެކްޓްގެ ދަށުން މިހާރު އިއުލާނުކުރެވިފައިވާ 18 ރަށަކީ، މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިފައިވާ، އަދި އެ މުބާރާތުގެ ކާމިޔާބީއަށް ބަލައިގެން އިޚްތިޔާރުކުރެވިފައިވާ ރަށްތައް ކަމަށެވެ.

“އަޅުގަނޑުމެން ވާނީ، މީގެ ކުރިން މިކަން އިއުލާނުކޮށްފައި. އެއީ މިނިވަން ޗެމްޕިއަންޝިޕްގެ ކާމިޔާބީ ހޯދާ ރަށްތަކަށް ފުޓްބޯޅަ އިންފްރާސްޓްރަކްޗަރތައް ގާއިމުކޮށްދިނުން. 2016، 2017ގައި އަޅުގަނޑުމެން ވާނީ، ޗެމްޕިއަން ޓީމުތައް ނިސްބަތްވާ ރަށްތަކަށް ޗޭންޖިންގ ރޫމް ހަދާދީފައި،” ޖަވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައިވެސް، ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކުރުމަށް އެފްއޭއެމުން ތަފާތު މަޝްރޫއުތައް ހިންގާނޭ ކަމަށާއި އަދި އިތުރު ރަށްތަކުގައި ވިނަ ދަނޑުއެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު