
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
ގަލްނިއުސް ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިފަހަރު މަރުވީ ނަފްސާނީ ގޮތުން ބަލިކަށި، ބަންގްލަދޭޝްގެ ރައްޔިތެކެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެމީހާ މަރުވެފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ، ޙަރަމްފުޅުގެ އެންމެ މަތީ ފަންގިފިލާއިން، ކައުބާ ހުންނަ ސަރަޙައްދަށް ފުންމާލައިގެންނެވެ. އެވަގުތު ބައެއް މީހުން ގެފުޅު އަރިހު ޠަވާފު ކުރަމުން ވެސް ގެންދިޔައެވެ.
އެދުވަހަކީ ސައުދީ އަރަބިއާ އަށް ވެސް ބަރަކާތްތެރި ފިޠުރު ޢީދު ދުވަހެވެ. އެހެންކަމުން މިސްކިތުގައި އެވަގުތު ފުދޭވަރަކަށް ގިނަ މީހުން ތިބި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މަރުވި އެމީހާ ފުންމާލިއިރު ވެއްޓުނީ ސޫދާން މީހެއްގެ ގައި މައްޗަށެވެ. އެހެންކަމުން އެމީހާއަށް ވެސް ފުދޭ ވަރަކަށް އަނިޔާ ލިބުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރިޕޯޓުތަން ހާމަވާ ގޮތުގައި، އެމީހާ މަރުވުމުގެ ދެ ދުވަސް ކުރިން، އޭނާއަކީ ނަފްސާނީ ގޮތުން ބަލިކަށި މީހެއް ކަމުގައިވުމުން، އޭނާވަނީ ސައުދީ އަރަބިއާ ގެ ހޮސްޕިޓަލެއްގައި އެޑްމިޓު ވެސް ކޮށްފައެވެ. ނަމަވެސް އޭނާގެ ސިއްޙީ ހާލަތު ތަންކޮޅެއް ރަނގަޅުވުމުން، އޭނާގާތު އަބަދުވެސް ކޮންމެވެސް މީހަކު ހުރުމަށް އިރުޝާދު ދީފައި ޑޮކްޓަރުން ވަނީ އެމީހާ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ޢީދު ދުވަހު ބަންގްލަދޭޝް ގެ އެމީހާ މަރުވެފައިވާއިރު، މިމަހުގެ 8 ވަނަ ދުވަހު ފްރާންސް ގެ ރައްޔިތެއް ވެސް ވަނީ ކައުބަތުﷲ ގެފުޅު ކައިރީގައި އަމިއްލައަށް މަރުވެފައެވެ. އެމީހާ ލައިގެން ހުރި ކުރުތާގެ ސަބަބުން ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފައިވަނީ އެއީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށެވެ. ނަމަވެސް ގަލްފް ނިއުސް އިން އެމީހާގެ އާއިލާގެ މައުލޫމާތާއެކު ހާމަ ކޮށްފައިވަނީ، އެއީ ފްރާންސްގެ ރައްޔިތެއް ކަމަށެވެ.
ކޮންމެހެނަކަސް، އަމިއްލައަށް މަރުވުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. މިއީ އެކަމަކީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.
ދެކުނުގެ ބައެއް މީހުން ޤަބޫލު ކުރާ ގޮތުގައި އެމީހެއްގެ ދިރިއުޅުމަކީ އެމީހެއްގެ އަމިއްލަ އެއްޗެކެވެ. އެހެންކަމުން އެއަށް ނިމުން ގެނައުމުގެ އިޚްތިޔާރު އެމީހަކަށް ލިބިގެންވެއެވެ.
ނަމަވެސް މިއީ ދޮގެކެވެ. ކުށްހީއެކެވެ. ތިމާގެ ދިރިއުޅުމަކީ މާތް ﷲ ގެ އެއްޗެކެވެ. އެއަށް ނިމުން ގެނައުމުގެ އިޚްތިޔާރު އެހެން އެއްވެސް މަޚްލޫޤަކަށް ނުވެއެވެ. އަދި އަމިއްލައަށް އެފަދަ ޢަމަލު ހިންގާ ބަޔަކަށް ގެއްލުމާއި ހަލާކު ނޫން އިތުރު އެއްޗެއް ލިބިގެނެއް ނުވެއެވެ.
މަސްދަރު : މިއަދު ނިއުސް