
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
8 months ago
ދ. ކުޑަހުވަދޫ ބަނދަރު ސަރަޙައްދުން ވިޔަފާރި ކުރުމަށް އިމާރާތް ކުއްޔަށް ދޫކުރަން ހުޅުވާލައިފިއެވެ.
ކުޑަހުވަދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި ކުރި އިއުލާނެއްގައި ބުނީ އެރަށު ބަނދަރު ސަރަހައްދުގައި ވިޔަފާރި ކުރުމަށް ފާހަގަކޮށްފައިވާ ބްލޮކް B154 ގެ 03 އަދި 04 ނަންބަރު ބިމުގައި ކޮށްފައިވާ ޢިމާރާތް 10 އަހަރުދުވަހަށް ބީލަމުގެ އުޞޫލުން ކުއްޔަށް ދޫކުރުމަށް އެދާރާއިން 20 ޖުލައި 2022ގައި ކޮށްފައިވާ އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުން، ބީލަން ކެންސަލްކޮށްފައިވާތީ، އެ ދެޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލާކަމަށެވެ.
ކުޑަހުވަދޫ ކައުންސިލުން ބުނީ ބީލަން ރަޖިސްޓްރީކުރުން އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 އަށް ކަމަށާއި ރަޖިސްޓްރީ ކުރުމަށް އެދޭފޯމް އެއިދާރާއިން ލިބެންހުންނާނެ ކަމަށެވެ.
ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/300ރ އަށް ކަމަށާއި ބިޑް ހުށަހެޅުމުގެ ސުން ގަޑި އަކީ މިމަހުގެ 31 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ކަމަށެވެ.
އެ ކައުންސިލުން އިތުރަށް ބުނީ ޕްރީބިޑް މީޓިންގ އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ 10:00 ގައި ކަމަށާއި ޕްރީބިޑްމީޓިންގެ ކުރިން އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާނަމަ [email protected] އަށް މެއިލްކުރެވޭނެ ކަމަށެވެ. އަދި އިމާރާތް ބަލަން ބޭނުންވާފަރާތްތަކަށް ޕްރީބިޑް މީޓިންގެ ނިމުމަށްފަހު ފުރުސަތު ލިބޭނެ ކަމަށް ވެސް އެއިދާރާއިން ބުނެއެވެ.