ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
7 years ago
އިސްލާމް ދީނަކީ އެއްވެސް ތަފާތު ކުރުމެއް ނެތި އެންމެހައި ރަސޫލުންނަށް އީމާންވުމަށް ދަޢުވަތުދޭ ދީނެކެވެ. މާތްﷲ ފޮނުއްވި އެންމެހައި ރަސޫލުންނަށް މާތްކޮށް ހިތުމަށް އެދީން ގޮވައިލައެވެ. އެބޭކަލުން ދެކެ ލޯބިވުމަށް ދަޢުވަތުދެއެވެ. ހަމައެފަދައިން އެންމެހައި ނަބީބޭކަލުންނަށް ބާވައިލެއްވި ފޮތްތަކަށް އީމާންވުންވެސް އެދީން ލާޒިމު ކުރެއެވެ. އެކަމަކީ އެދީނުގެ ޚާއްޞަ މޮޅު ސިފައެކެވެ.
ނަމަވެސް އިސްލާމްދީން އިރުޝާދުދެނީ އިސްލާމް ދީނުގެ ނަބިއްޔާ ފިޔަވައި އެހެނިހެން ހުރިހާ ނަބީ ބޭކަލުންނަކީވެސް ކަނޑައެޅިފައިވާ ޚާއްޞަ ދުވަސްވަރަކަށް ފޮނުއްވި ބޭކަލުން ކަމަށެވެ. ބަޔާންވެ އެނގިގެންވާ ވަކިވަކި އުންމަތްތަކަކަށް ފޮނުއްވި ބޭކަލުން ކަމަށެވެ. މިއީ އަޅުގަނޑުމެން ވަރަށް މުހިންމުގޮތެއްގައި އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ނުކުތާއެކެވެ. އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހުރިހާ ފޮތްތަކަކަށްވެސް ވަނީ އުނިއިތުރު ގެނެވިފައެވެ. ބަދަލު ކުރެވިފައެވެ. އަރަހުށި މާތްﷲ އިސްލާމްދީން ފޮނުއްވީ މިކަން މިމަގަށް ހިނގައިފައި ވަނިކޮށެވެ. އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތު ފޮނުއްވުމާ ވިދިގެން އޭގެ ކުރީގެ ހުރިހާ ދީންތަކެއް ވަނީ މަންސޫޚު ކުރައްވައިފައެވެ.
އިސްވެދިޔަ ހުރިހާ ނަބިއްޔުންނާއި ރަސޫލުން ވަނީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީކަމާއިގެން ފޮނުއްވާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އެކަލޭގެފާނަކީ ނަބީކަން ޚަތިމުކުރައްވާނެ ސާހިބާކަންވެސް ބަޔާންކޮށްދެއްވައިފައެވެ. އެކަލޭގެފާނަށްފަހު އެއްވެސް ނަބީ ބޭކަލެއްވެސް ރަސޫލު ބޭކަލެއްވެސް ވަޑައެއްނުގަންނަވާނެއެވެ. އެހެންކަމުން އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ އުނގަންނައިދިނުމެއްގެ ބިންގަލުގެ މަތީގައި އަޅުކަންކުރުމަކީ އެއްވެސް މީހަކަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަރަހުށި މާތްﷲ ވަޙީކުރައްވައިފައި ވެއެވެ.
"ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި، އާޚިރަތުގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." (އާލުޢިމްރާން: 85)
އަދިވެސް ވަޙީ ކުރައްވައިފައި ވެއެވެ.
"މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (އަލްމާއިދާ: 3)