ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
މި އަހަރުގެ ސެޕްޓެމްބަރު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިޚާބަށް އެޕްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް އެމްޑީޕީގެ އާއްމުމެމްބަރުން ދީފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން އެމަނިކުފާނު މިއަދު ނިންމަވައިފި އެވެ.
ރައީސް ނަޝީދު އެކަން ހާމަކުރެއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
އިންތިހާބުގައި ވާދަ ނުކުރެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރިގޮތުން ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެކަމުގެ ކަންބޮޑުވުމާއި ގުޅިގެންކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ ރިޔާސީ ޓިކެޓް ހޯއްދަވާފައިވާ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ޓިކެޓް ދޫކޮށްލެއްވިކަން އިއުލާން ކުރާނީ މާދަމާ އޮންނަ އެޕާޓީގެ ކޮންގްރެސްގައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދަށް ފަހު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައިވަނީ އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހަށެވެ.
ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މާޗް 13، 2015 ގައެވެ. ނަމަވެސް ޖަލުގައި އެމަނިކުފާނު ތަންފީޒު ކުރައްވާފައި ވަނީ ހުކުމްގެ ވަރަށް ކުރު މުއްދަތެކެވެ. ހުކުމް ކުރިތާ 10 މަހާއި ތިން ދުވަސް ފަހުން، ޖެނުއަރީ 18، 2016 ވަނަ ދުވަހު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައެވެ. އެއަށް ފަހު އެމަނިކުފާނުވަނީ އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން އިނގިރޭސި ވަލާތުގައި އާއި ދިވެހިންގެ އަވަށްޓެރި ސްރީލަންކާގައެވެ. ފަހަކަށް އައިސް އާންމުކޮށް އުޅުއްވަނީ ސްރީ ލަންކާގަ އެވެ.