ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވައިފިއެވެ. މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޒް އަބްދުލްޣަނީ މުޙައްމަދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވާ ޑރ. އަޙްމަދު ޢަބްދުﷲ ދީދީއަކީ ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ޕީ.އެޗް.ޑީ ހައްދަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އެމަނިކުފާނު ހުންނެވީ 10 އޮގަސްޓް 2010 އިން ފެށިގެން ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައެވެ.
ސުޕްރީމް ކޯޓަށް އަލަށް އައްޔަންކުރެއްވުމަށް ލަފާދެއްވާފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީއަކީ 2015 ވަނަ އަހަރުން ފެށިގެން ހައިކޯޓްގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި ހައިކޯޓްގެ ފަނޑިޔާރު އަލްއުސްތާޒް އަބްދުލްޣަނީ މުޙައްމަދަކީ 2004 ވަނަ އަހަރުން ފެށިގެން ހައިކޯޓްގެ ފަނޑިޔާރެކެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް 2 ބޭފުޅަކު އަޔަންކުރެއްވުމަށް ޖޭ.އެސް.ސީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ސަޢީދާއި، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ޖިނާއީ ޙުކުމެއް ސާބިތުވެ ފަނޑިޔާރުކަން ގެއްލުމާ ގުޅިގެންނެވެ.
ޤާނޫނުއަސާސީގެ 147 ވަނަ މާއްދާއާއި 148 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށާއި، ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ދައުލަތުގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާއެވެ.