އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

3 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

3 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

3 years ago

ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

2 weeks ago

ކުޑަހުވަދޫ އޮންލައިން

ފުޓްސަލް ޓޮއުރްނަމެންޓް ކުޑަހުވަދޫ ކައުންސިލް 2022 އަދި ހޭންޑްބޯލް ޓޮއުރްނަމެންޓް ކުޑަހުވަދޫ ކައުންސިލް 2022 ބާއްވަން ނިންމާ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


މި ދެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2022 ޖަނަވަރީ 20 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައެޅުމުންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު، ރަސްމީގަޑީގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކައުންޓްރުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ކުރިން ކުޑަހުވަދޫ ކައުންސިލް އިދާރާއިންނެވެ. ފޯމާއެކު ފޯމުގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުމެއް ހުށައަޅަންވާނެއެވެ.


މުބާރާތުގެ ވަނަތައް މުބާރާތުގެ ޤަވާއިދުގައި ހިމަނާފައިވާނެއެވެ. މުބާރާތްތައް އޮންނާނީ، 2022 ފެބްރުއަރީ 04 ން ފެށިގެން 2022 ފެބްރުއަރީ 22 އާއި ހަމައަށެވެ. މުބާރާތްތަކުގެ ފައިނަލް ތާރީޚްތައް ކަނޑައަޅާނީ، މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކުގެ ޢަދަދަށް ބަލައި މެޗްތައް ތާވަލް ކުރުމަށްފަހުގައެވެ. ފުރަތަމަ ފަށާނީ ފުޓްސަލް މުބާރާތެވެ. މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ ޕްލިސް ސްޓޭޝަން ޓާފް ދަނޑުގައި އެވެ.




ކިޔުންތެރިންގެ ހިޔާލު