އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

3 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

3 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

3 years ago

އަބަދުވެސް ކުޑަހުވަދޫއަށް ހެޔޮއެދެން : އަޙްމަދު ޝާމް (ކުޑަހުވަދޫ ކައުންސިލުގެ 3ވަނަ ދައުރުގެ ރައީސް))

4 months ago

އިބްނު ޙަސަން

ކުޑަހުވަދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ ރައީސް އަލްފާޟިލް އަޙްމަދު ޝާމް، އަލަށް އިންތިޚާބުވި ކައުންސިލަށް މަރުޙަބާ ދަންނަވައިފިއެވެ. ޝާމް ، އެބޭފުޅާގެ އެފްބީ ޕޭޖު މެދުވެރިކޮށް، އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް މަރުޙަބާދެންނެވުމަށްފަހުގައިި ލިޔުއްވާފައިވެއެވެ. ''އުއްމީދުކުރަނީ ތިޔަބޭފުޅުންގެ މި 05 އަހަރުގެ ދައުރުގައި ކުޑަދަހުވަދޫއަށް އިތުރު ކާމިޔާބީއާއި ތަރައްޤީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ދީނީގޮތުން ރަނގަޅު މުޖުތަމަޢެއް ބިނާކުރުމާއި އަދި މާރީތި، މާ ސާފު ކުޑަހުވަދޫއެއްގެ ގޮތުގައި ފެނިގެން ދާނެކަމަށް'' މިހެންނެވެ.


ކުރީ ކައުންސިލްގެ ރައީސް، ޝާމް ސޯޝިއަލް މީޑިއާގައި ހިއްސާކުރައްވާފައިވާ ލިޔުމުގައި، އެބޭފުޅާގެ ރައީސްކަމުގެ ދައުރުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައިފައިވާ ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރެއް ރައްދުކުރައްވާފައިވެއެވެ. އެގޮތުން ކުޑަހުވަދޫ ކައުންސިލުގެ އިދާރީ މުވައްޒަފުންނަށާއި މުއައްސަސާތަކުގެ ވެރިންނަށާއި ، އެ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަފައިވެއެވެ. މި ލިޔުމާ ގުޅޭގޮތުން ކުޑަހުވަދޫ އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން، އެކުގައި މަސައްކަތްކުރި ކައުންސިލަރުންނަށާއި ނައިބު ރައީސަށް ޝުކުރު ދެންނެވިއެވެ.


ފާއިތުވެދިޔަ ދައުރުގައި މައިގަނޑު ގޮތެއްގައި ކުޑަހުވަދޫގައި ކުރެވުނު ބައެއް ކަންކަމަށްވެސް ޝާމްގެ ލިޔުމުގައި އަލިއަޅުއްވާލާފައިވެއެވެ. ޚާއްޞަ ގޮތެއްގައި ރަށުތެރެ ސާފުކުރުމަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރެވުނުކަމަށާއި، އެކަން ކޮންމެވެސް ވަރަކަށް ޚާޞިލުކުރެވުނުކަމަށް އެބޭފުޅާ ޤަބޫލުކުރައްވާކަމަށް ލިޔުމުގައިވެއެވެ. އަދި ހަމައެހެންމެ އިޖުތިމާޢީ މަސްލަޙަތު ހިފެއްޓުމާއި، ދީނީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނޭކަން ފާހަގަކޮށްފައިވެއެވެ.


ކުޑަހުވަދޫ ކައުންސިލުގެ 3 ވަނަ ދައުރުގެ ރައީސްގެ މި ލިޔުމުގައި، ކުޑަހުވަދޫގައި ކުރެވުނު ބައެއް މަސައްކަތްތަކަށް ބައްލަވާލައްވައި، ސަންސެޓް ބީޗް، ބޮޑާވަށްމައިޒާން ، ކުޑަހުވަދޫގެ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް، މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުން، ރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުން، ކުނި މެނޭޖުކުރުން ފަދަ ކަންކަން ފާހަގަ ކުރައްވާފައިވެއެވެ. ހަމަމިއާއެކު ކޮވިޑުގެ އުނދަގޫ ޙާލަތުގައި ، ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވުނު މަސައްކަތަކީވެސް ބުރަ މަސައްކަތެއްކަން ފާހަގަކޮށް އެކަންކަމުގައި އެއްބާރުލުންދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.


ކުރީގެ ކައުންސިލަރު އަލްފާޟިލް އަޙްމަދު ޝާމް އިތުރަށް ލިޔުމުގައި ވިދާޅުވެފައިވަނީ، ދައުރު ފެށުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދެވީ އުނދަގޫ ތަކަކާއި އެކުގައިކަމަށެވެ. އެކަމުގެ ސަބަބުން އެންމެ ރަނގަޅަށް މަސައްކަތްތައްކުރުމަށް ދަތިވެގެން ދިޔަކަން ފާހަގަކުރައްވާފައިވެއެވެ. ބައެއްކަންކަމުގައި ޒާތީވެގެން ގޮސްފައިވާކަންވެސް އެބޭފުޅާ ފާހަގަކޮށްފައިވެއެވެ. އަދި އެކަމާ ހިތާމަކުރައްވާކަމުގައި ހާމަކުރައްވާފައިވެއެވެ. އަދި އެމް.ޑީ.ޕީ އަކީ އެބޭފުޅާ އެތަށް މަސައްކަތެއް ކޮށްދީފައިވާ ޕާޓީއެއްކަމާއި، ޕާޓީގެ މެންބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އެބޭފުޅާ ޤަބޫލުފުޅުކުރައްވާ ގޮތުގައި ދަތިތަކާއިއެކުވެސް ދައުރު ނިންމާލެވުނީ ކާމިޔާބުކަމާއި އެކުގައެވެ. ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެވިއްޖެކަމަށާއި ފާއިތުވެދިޔަ 4 އަހަރު ދުވަސްތެރޭގައި އެތައްކަމެއް ދަސްވިކަމުގައި ލިޔުމުގައި ވެއެވެ. ކުރިއަށް އޮތްތާންގައިވެސް ކުޑަހުވަދޫގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި އެބޭފުޅާގެ އެހީތެރިކަން ލިބޭނޭކަމުގައި ލިޔުމުގައިވެއެވެ.


ލިޔުން ނިންމަވާލައްވަމުން، އެއްވެސް ފަރާތަކަށް އުނދަގުލެއް ނުވަތަ ގެއްލުމެއް ލިބިފިފައިވާނަމަ އެކަމަކަށް ނިހާޔަތަށް މާޢާފަށް އެދިފައިވެއެވެ. އަދި ކުޑަހުވަދޫއަށް ހެޔޮގޮތްތައް ފަހިކޮށްދެއްވުމަށާއި އަދަށްވުރެ ފެހި މާދަމައެއް ދެއްވުންއެދި ﷲ ގެ ޙަޟުރަތުގައި ދުޢާދަންނަވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ނަހަމަ

މާފަށް އެދުނަސް މާފު ނުކުރެވޭ ވަރުގެ ކަންކަން ވެސް ކޮށްފައި އެބަހުރި. ނު ޙައްޤުން ބަޔަކަށް ދެވުނު އަދަބަކީ މީގެ ހެއްކެއް.

4 months ago

ހިއްވަރު.

ސާބަހޭ ބަރޭ، ތިޔައީ ވަރައް ހިންހެޔޮ ރަގަޅު މީހެއް ޝުކުރިއްޔާ ބަރޭ

4 months ago