އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫގައި ރީތި ހޮސްޕިޓަލެއް

4 years ago

ކުޑަހުވަދޫ އޮންލައިން

ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމަށް އަދުގެ ސަރުކާރުން ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރެވޭނެގޮތަށް ކުޑަހުވަދޫގައި ގާއިމުކުރަން ނިންމާފައިވާ އާ ހޮސްޕިޓަލުގެ ރީތި ޑިޒައިންތައް ދައްކާލައިފި އެވެ.


ހެލްތު މިނިސްޓްރީން ބުނީ މިހާރު މުޅިން އަލަށް ގާއިމް ކުރުމަށްޓަކައި ނިންމާފައިވާ ހޮސްޕިޓަލުތަކުގެ ގޮތުގައި ހއ. އަތޮޅު ހޮސްޕިޓަލް ، ބ. އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫ ހޮސްޕިޓަލް ހިމެނިގެންދާ ކަމީ މި ދެންނެވި ތިން އަތޮޅުގެ ރައްޔިތުންނަށް މިއަދު ލިބިގެންދާނެ ވަރަށް ވެސް އުފާވެރި ހަބަރެއް ކަމަށެވެ.


އެގޮތުން މި ތިން ހޮސްޕިޓަލްވެސް ފަރުމާކޮށްފައިވަނީ ޒަމާނާއި އެއްގޮތަށް ޖުމްލަ 55 އެނދުގެ ހޮސްޕިޓަލްތަކެއްގެ ގޮތުގައެވެ. މި ހޮސްޕިޓަލްތައް ޤާއިމްކޮށް ނިމޭއިރު އެ ތަންތާގައި ޖުމްލަ 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމާއި، 6 ޕްރައިވެޓްރޫމްގެ އިތުރުން 3 އެނދުގެ އެންއައިސީޔޫ، 3 އެނދުގެ އައިސީޔޫ، 2 އޮޕަރޭޝަން ތިއޭޓަރ އަދި 12 އެނދުގެ 8 ވޯޑު ހިމެނިގެންދާނެ އެވެ.


އަދި މީގެ އިތުރުންވެސް ޑައިގްނޯސްޓިކް ޚިދުމަތް ދިނުމަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި ޖާގަ ތަނަވަސް ލެބޯރެޓަރީ، އެކްސްރޭ ރޫމް އަދި އަލްޓަރާ ސައުންޑް ސްކޭން ހެދުމަށް ބޭނުންވާ ޖާގަތައް ހިމެނިގެންދާނެ އެވެ.


އަދި ހަމަ އެއާއެކު ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ބޭފުޅުންނަށް ހޮސްޕިޓަލްގައި ހޭދަވާ ވަގުތު ތަކުގައި ހޮސްޕިޓަލްއަކީ ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ވެގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ. “އެގޮތުން ހޮސްޕިޓަލްތަކުގެ ޕްރިއިވެޓް ރޫމްތަކާއި ވެއިޓިންގް އޭރިއާތައް ފަރުމާ ކުރެވިފައިވާނީ މިދެންނެވި މަގްސަދުތައް ހާސިލްވާނޭހެން. އާދެ، މިއަދު މިފެށޭ މަސައްކަތުގެ ހެޔޮ ނަތީޖާ ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމުގައި ދެކެން. އަދި މިކަމުގެ ސަބަބުން ހއ. އަތޮޅު، ބ. އަތޮޅު އަދި ދ. އަތޮޅުގެ އިތުރުން މިދެންނެވި އަތޮޅުތަކާއި ކައިރި އަތޮޅުތަކުން ޞިއްޙީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ވެސް މިކަމުގެ ލުއިފަސޭހަކަން ލިބި މިހާރަށްވުރެ ބޮޑުތަނުން ކުރިއަރައި، ދެވޭ ޚިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބިގެންދާނެކަމަށް ދެކެން،” ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު