އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދުއަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރާނަން: ރައީސް

4 years ago

ކުޑަހުވަދޫ އޮންލައިން

ސަރުކާރުގެ އެކްޝަން ޕްލޭންގެ ތެރެއިން ދ. ކުޑަހުވަދޫ އަކީ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގެ 50 ވަނަ އަހަރީ ދުވަހުގެ ހަފުލާ ޝަރަފްވެރިކޮށް ދެއްވައި، ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ ކުޑަހުވަދޫ އަކީ ތަރައްގީގެ މަޝްރޫއުތަކަށް ފައްކާވެފައި އޮތް ރަށެއް ކަމަށާއި އެކަށީގެންވާ ވަސީލަތްތަކާއި އެކަށީގެންވާ އާބާދީއެއް ވެސް އެ ރަށުގައި އެބައޮތް ކަމަށެވެ. އެހެންވެ، ސަރުކާރުގެ ތަރައްގީގެ ޕްލޭންގެ ތެރެއިން އެ ސަރަހައްދުގައި ގާއިމްކުރާ އާބަން ސެންޓަރުގެ ގޮތުގައި ކުޑަހުވަދޫ ތަރައްގީ ކުރައްވާނެ ކަމަށާއި އެފަދަ ތަނަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެރަށުގައި ވެސް ގާއިމް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހޮސްޕިޓަލް ތަރައްގީ ކުރެވިގެން ދިއުމުގެ އިތުރަށް ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މަގު ހެދުމާއި ފެރީ ޓާމިނަލް ހެދުމާއި މި ރަށަށް ބޭނުންވާ ޒާމާނީ ފެންވަރުގެ މަސް މާރުކޭޓާއި އަދި މި އަތޮޅުގެ މީހުން ބާނާ މަސް ފަސޭހައިން ގަނެވޭނެ ގޮތްތައް އިންތިޒާމް ކުރެވިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ފެށިގެންދާނެ މަޝްރޫއުތަކެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ޒަމާނީ ކުރިއެރުންތަކެއް އައިސްފައި ވިޔަސް، އަތޮޅު ތެރޭގައި ވަސީލަތްތައް ހުރިގޮތުން ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. ޑޮކްޓަރުންނާއި ނަރުހުން ނެތުމާއި ޖާގައިގެ ދަތިކަން ބޮޑު ކަމަށާއި އެކަމަކު ދ. އަތޮޅު ހޮސްޕިޓަލްގައި އާ އިމާރާތުގެ މަސައްކަތް ނިމުމާ އެކު އެކަމަށް ހައްލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެރަށުން އިމަޖެންސީގައި މާލެއަށް ބަލި މީހުން ފޮނުވުމުގައި ދިމާވަމުންދާ ދަތިތައް ވެސް ވަރަށް އަވަހަށް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު މަރުވާ މީހުންގެ ބޮޑު އިންސައްތައެއް މަރުވަނީ ގައިން ގައިން ނާރާ ބަލިތަކުގައި ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެފަދަ ގިނަ ބަލިތައް ގުޅިފައި ހުރީ ދުންފަތާ ކަމަށާއި އަދި ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ހޭދައެއް ދުންފަތަށް ކުރާ އެއް ގައުމު ކަމަށެވެ. އަދި ބޮޑެތި ބަލިތަކުން ސަލާމަތްވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެފަދަ ބަލިތަކުގެ ހަމައެކަނި ފަރުވާއަކީ ބޭސްކަމުގައި ދެމިގެން އެ މައްސަލައަށް ހައްލެއް ލިބޭކަށް ނެތް. އެކަމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ އާންމު ސިއްހީ ނިޒާމް ވަރުގަދަ ކުރުން. ދިރިއުޅުމުގެ އާދަތަކާއި ކެއިން ބުއިމުގައި ސިއްހީ މިންގަނޑުތަކަށް އިސްކަން ދިނުން. ބަލިތަކުން ރައްކާތެރިވުމަކީ ފަރުދީ ޒިންމާއެއް ކަން ގަބޫލުކޮށް، އެކަމަށް މަސައްކަތް ކުރުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ކުރިން ފެތުރެމުން ދިޔަ ގައިން ގަޔަށް އަރާ ބަލިތަކުން އޭރު ސަލާމަތް ވެވުނީ އޭރު ތިބި ހެލްތު ވޯކަރުންނާއި ސިއްހީ ޚިދުމަތްތެރިން ގޭގެއަށް ގޮސްގެން ކުރި ބުރަ މަސައްކަތުން ކަމަށެވެ. ސިއްހީ ޚިދުމަތުގެ ހަގީގީ ކާމިޔާބީއަކީ އެއީ ކަމަށާއި އާންމު ސިއްހަތާ މެދު ހޭލުންތެރި ކުރުވަން އަނެއްކާވެސް އެފަދަ މަސައްކަތްތައް މިހާރު ފަށަން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.


މަސްދަރު: މިހާރު ނިއުސް

ކިޔުންތެރިންގެ ހިޔާލު