އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

”ޕިންކް ރިބަން ވޯކް” ކުޑަހުވަދޫގައިވެސް ބާއްވާނެ

4 years ago

ކުޑަހުވަދޫ އޮންލައިން

ކެންސަރ ސޮސައިޓީ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އުރަމަތީ ކެންސަރާއި ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބާއްވާ “ޕިންކް ރިބަން ވޯކް” ފާހަގަކުރުމުގައި ކުޑަހުވަދޫވެސް ބައިވެރިވާނެ ކަމަށް ބުނެފިއެވެ.


ބޭންކް އޮފް މޯލްޑިވްސްގެ ކުޑަހުވަދޫ ބްރާންޗްގެ ސްޕޮންސަރާއެކު މި އިވެންޓް ފަށަން ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި މެހެމާން ސަރާ ހަމައިންނެވެ.


ކުޑަހުވަދޫއެކު ރާއްޖޭގެ 27 ރަށެއްގައި މި ހިނގާލުން ބާއްވައެވެ.

މި ހިނގާލުމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް މި އިވެންޓަށް ހާއްސަކޮށްގެން ބީއެމްއެލްއިން ވިއްކާ ޓީޝާޓުތަކެއް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޓީޝާޓުތައް ވީހާވެސް ގިނަ ފަރާތް ތަކަކުން ގަތުމަކީ ވަރަށް އެދޭ ކަމެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މި ޓީޝާޓް ތައް ބޭންކް ބަރާންޗުން ގަންނަން ލިބޭނެއެވެ.

މި ޓީޝާޓުތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ކެންސާ ސޮސައިޓީއަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު