އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އީދު ނަމާދު ބޮޑު ޖަމާއަތެއްގައި ކުރާނަމަ ހުއްދަ ހޯދުމަށް އަންގައިފި

5 years ago

ކުޑަހުވަދޫ އޮންލައިން

މި އަހަރުގެ އަޟްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ރަށްތަކުން އެކަމަށްއެދި އިސްލާމިކް މިނިސްޓްރީ ހުއްދަ ހޯދުމަށް އެ މިނިސްޓްރީ އަންގައިފި އެވެ.


އެ މިނިސްޓްރީ ނެރުނު ސަރކިއުލާގައި ބުނެފައިވަނީ މިއަހަރު އަޟްޙާ އީދު ބޮޑު ޖަމާއަތުގައި ކުުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ކައުންސިލް ތަކުން ނުވަތަ ޖަމިއްޔާތަކުން އެ މިނިސްޓްރީ އަށް ހުށައަޅައި ހުއްދަ ލިބިގެން ނޫންގޮތަަކަށް ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރުމަށެވެ.


މީގެ އިތުރުން އީދު ނަމާދު އިމާމުވެ ކުރައްވާ ބޭފުޅުންގެ މައުލޫމާތު ވެސް އެ މިނިސްޓްރީއަށް ފޮނުވާ ހުއްދަ ހޯދުމަށް އެ ސަރކިއުލާގައި ބުނެފައި ވެއެވެ.


ފިތުރު އީދާ އަޟްޙާ އީދު ނަމާދަކީ ގިނަ ރަށްތަކުގައި ބޮޑު ޖަމާއަތުގައި ކުރާ ދެ ނަމާދެވެ. މިދިޔައަހަރު ކުޅުދުއްފުށީގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު