
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހެކަތޯން “އޭންޖެލްހެކް” ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ. ދިރާގާއި ސްޕާކްހަބް ގުޅިގެން ރާއްޖޭގައި މި ހެކަތޯން ބާއްވަން ނިންމާފައިވަނީ މި މަހުގެ 21-22 ގައެވެ.
ރޭ ބޭއްވި ހަފްލާއެއްގައި ހެކަތޯން ރާއްޖެ އަށް ތައާރަފް ކޮށްދެއްވީ ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން އަދި އެ ހެކަތޯން ރާއްޖެ އަށް ގެނައި ސަޕާކްހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިޝް އެވެ.
އެންޖެލްހެކް އަކީ ދުނިޔޭގެ ފެންވަރުގައި ހެކަތޯންތައް ބާއްވާ އޯގަނައިޒޭޝަންއެކެވެ. 2011 ވަނަ އަހަރު ސެންފްރެންސިސްކޯގައި އުފަންވި މި ކުންފުނިން 150 ސިޓީގައި 150،000 އަށް ވުރެ ގިނަ ޑިވެލޮޕަރުންނާއި ޑިޒައިނަރުން އަދި ހެކަރުންނާއެކު ކޮންމެ އަހަރަކުވެސް ދަނީ ހެކަތޯންތައް ބާއްވަމުންނެވެ.
ހެކަތޯންގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރަން ވަނީ މިހާރު ހުޅުވާލައިފައެވެ. އެކަމަށް ޚާއްޞަ ވެބްސައިޓު މެދުވެރިކޮށް ހެކަތޯން އަށް ރެޖިސްޓާ ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
ރާއްޖެއަށް އެންޖެލްހެކް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ އެކްޓިން ޗީފް މާކެޓިން އޮފިސާ އަހުމަދު މައުމޫން ވިދާޅުވީ މި ހެކަތޯން އަކީ ރާއްޖޭގައި ތިބި ހުނަރުވެރިންނަށް އެމީހުންގެ ހުނަރު ބޭރު ދުނިޔެއަށް ދައްކާލަން ލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި މިހަރަކާތުގައި ދިރާގުގެ ބައިވެރިވުން އޮތްކަމީ އުފާކުރާ ކަމެއް ކަމަށް މައުމޫނު ވިދާޅުވިއެވެ.
ސްޕާކިންހަބްގެ މެނޭޖިން ޕާޓްނަރު އަލީ ހާރިސް ވިދާޅުވީ ރާއްޖޭގައި ބާއްވާ ހެކަތޯންއިން އެއްވަނަ އަށް ހޮވޭ އުފެއްދުން ސެންފްރެންސިސްކޯގައި ބާއްވާ ގްލޯބަލް ޑިމޯޑޭގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ހުނަރުވެރިންނަށް އެމީހުންގެ ހުނަރު ދައްކައިލަން ލިބޭ މުހިއްމު ޕްލެޓްފޯމެއް ކަމަށް ހާރިސް ވިދާޅުވިއެވެ.