އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އިންޓަރ އޮފިސް ފުޓްސަލް ޓޯނަމަންޓް ފުރަތަމަ ފަހަރަށް ކުޑަހުވަދޫ ކައުންސިލު އިދާރާއިން ކާމިޔާބުކޮށްފި.

5 years ago

ކުޑަހުވަދޫ އޮންލައިން

ކުޑަހުވަދޫ އޮފިސްތަކަށް އަމާޒުކޮށްގެން މިއަހަރު ކުރިއަށްގެންދިޔަ އިންޓަރ އޮފިސް ފުޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން ކުޑަހުވަދޫ ކައުންސިލު އިދާއާއިން (ކައުންސިލް، މީރާ، ދިރާގު) ހޯދައިފިއެވެ.


ރޭ ކުޅުނު ފައިނަލު މެޗުގައި ބައްދަލުކޮށްފައިވަނީ ކުޑަހުވަދޫ ކައުންސިލު އިދާރާއާއި ދ.އަތޮޅު ހޮސްޕިޓަލް އެވެ. ފައިނަލް މެޗު ވެގެންގޮސްފައިވަނީ ފޯރިގަދަ އަދި ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔަ މެޗަކަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުގައި 6-6 ގެ ނަތީޖާއަކުން ދެޓީމުވަނީ އެއްވަރުވެފައެވެ. މެޗުގެ ނަތިޖާ ނެރިފައިވަނީ ޕެނެލްޓީ ޖަހައިގެންނެވެ. 


މެޗުން މޮޅުވުމުގައި ކުޑަހުވަދޫ ކައުންސިލު އިދާރާ ކީޕަރު އަޙްމަދު ޝާއިނުގެ ޙިއްސާ ވަރަށް ބޮޑެވެ. އޭނާވަނީ މެޗުގައި ހޮސްޕިޓަލު ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ. ފައިނަލު މެޗުގެ މޮޅު ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. 


މިއީ ކުޑަހުވަދޫ ކައުންސިލު އިދާރާ މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ އެމް.އެން.ޑީ.އެފް އަދި އެމް.އާރ.ޑީ.ސީ އެވެ.

ކިޔުންތެރިންގެ ހިޔާލު