އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ފައިނަލް މެޗް ނަގާނީ ކޮންބައެއްބާ؟؟

5 years ago

ކުޑަހުވަދޫ އޮންލައިން

މިވަގުތު ކުޑަހުވަދޫގައި ކުރިއަށްދާ އިންޓަރ އޮފިސް ފުޓްސަލް ޓޯނަމަންޓް 2018ގެ ފައިނަލް މެޗް މިރޭ 9:30 ގައި ޕޮލިސް ޓާރފް ދަނޑުގައި ކުރިއަށް ދާނެއެވެ. 


މުބާރާތުގެ މިހާހިސާބަށް އަައި އިރުގައި ބައެއް ޓީމުތަކުންނާއި ސަޕޯޓަރުންގެ ލަފާކުރުންތައް މިވަނީ އޮޔާ ގޮއްސައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މުބާރާތުގެ މަޤުބޫލު ޓީމުތައް ގޮތުގައި ގިނަބަޔަކު ފާހަގަ ކުރަމުން އައި ޓީމުތަކަށް މިވަނީ މުބާރާތުގެ ފައިނަލުން ޖާގަ ގެއްލިފައެވެ. އަދި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި މިވާ 2ޓީމަކީ ގިނަބަޔަކު ފައިނަލަށް ދާނެކަމަށް އުއްމީދު ކުރި ޓީމުތަކެއްވެސް ނޫނެވެ. މި މުބާރާތުގެ މަޤުބޫލު ޓީމުތައް ގޮތުގައި ގިނަބަޔަކު ފާހަގަ ކޮށްފައިވަނީ ފެނަކަ، އެމް.އެން.ޑީ.އެފް އަދި ދ.އެއާރ ޕޯޓްގެ ޓީމެވެ.


ނަމަވެސް ފައިނަލުން ޖާގައެއް މިއިން އެއްވެސް ޓީމަކަށް ނުލިބުނެވެ. ޖާގަ ހޯދާފައި ވަނީ ކުޑަހުވަދޫ ކައުންސިލުގެ ޓީމާއި ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެވެ. މިދެޓީމުވެސް ފައިނަލުން ޖާގަ ހޯދައިފައި މިވަނީ ފައިނަލެއް ކުޅެގެންނޭ ބުނެވިދާނެއެވެ. ފޯރިގަދަ މެޗުތަކަކަށް ފަހުގައެވެ. ދ.އަތޮޅު ހޮސްޕިޓަލުގެ ޓީމު ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ މަޤުބޫލު ޓީމެއް ކަމުގައިވާ ފެނަކަ ބަލިކުރުމަށް ފަހުގައެވެ. ފެނަކަ އަދި ހޮސްޕިޓަލުގެ ޓީމަށް ބަލާއިރުގައި ދެޓީމުގައިވެސް މޮޅެތި ކުޅުންތެރިން ތިބިކަން ފާހަގަކޮށްލަމެވެ. އެގޮތުން ފެނަކަ ޓީމަކީ ޖުމުލަކޮށް ހުރިހާ މަޤާމަކަށް މޮޅު ކުޅުންތެރިންތަކެއް ތިބި ޓީމެކެވެ. ކޮންމެ ވަގުތެއްގައިވެސް އިދިކޮޅު ޓީމަށް ނުރައްކާ ކުރާނެ ފޯވާޑް ޢަރީޝް(ގާގޯ) ހުރުމަކީ އެމީހުންނަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހަމައެއާއިއެކު ގޯލުބެލެހެއްޓުމުގައި އެމީހުންގެ އިތުބާރު ކީޕަރު ޗާޅޯގެ މައްޗަށް އޮންނާނެކަން ގައިމެވެ. 


ހޮސްޕިޓަލް ޓީމަށް ބަލާއިރުގައި މަޝްހޫރު ކުޅުންތެރިން އެޓީމުގައި ނެތެކޭ ނުބުނެވެނެއެވެ. އެކުޅުންތެރިންނަކީ ތަޖުރިބާކާރު ކުޅުންތެރިންކަން ގައިމެވެ. އެމީހުންގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވާނީ ކުޑަހުވަދޫގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުޙައްމަދު އިސްމަޢީލް(އައްކޯ) ޓީމާއެކު ވުމެވެ. ހަމައެގޮތުން ޒާހީ އަދި އަޒްމީލަކީ ހުނަރުވެރި މޮޅު ކުޅުންތެރިންނެވެ. އަދިހޮސްޕިޓަލް ޓީމުގެ އެންމެދަށްކުޅުމެއް ފެނިގެންދާނެކަމަށް ޤަބުލުކުރެވުނީ ކީޕަރުގެފަރާތުންނެވެ. ނަމަވެސް ފެނަކަ މެޗުގައި މޮޅުކުޅުމެއް ދައްކައި ކީޕަރުވަނީ ޓީމަށް ހިތްހަމަޖެހުން ގެނެސްދީފައެވެ. މިރޭ ފައިނަލުގައި ހޮސްޕިޓަލާއި ދެކޮޅަށް ނުކުންނަ ކައުންސިލުގެ ޓީމު މުބާރާތުގެ ފައިނަލަށް އައިސްފައިވަނީ މި މުބާރާތުގެ ކުރީގެ ޗެމްޕިއަންއެއް ކަމުގައިވާ އެމް.އެން.ޑީ.އެފް ޙައިރާން ކުރަނިވި ގޮތަކަށް ބަލިކުރުމަށް ފަހުގައެވެ. 


އެމް.އެން.ޑީ.އެފް ޓީމަކީ ހުރިހާ ކުޅުންތެރިންގެވެސް ބުންވަރު އެއްވަރަކަށް ހިފަހައްޓާ، ފުޓްސަލް ސްޓައިލުގައި ކުޅޭ މޮޅުޓީމެކެވެ. އެޓީމުން ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޗައްޗި އަދި ކުޑަހުވަދޫ ޓީމުގެ ޒުވާން ކޯޗު މޫސަ(ކެރޯ) ފާހަގަ ކޮށްލެވެއެވެ. ކައުންސިލު ޓީމުގައިވެސް މަޝްހޫރު ކުޅުންތެރިން އެބަތިއްބެވެ. އެގޮތުން ކައުންސިލުގެ ރައީސް(ޝާމް)އަކީ މިހާރު ފިޓްނަސްގެ ސަބަބުން މާ މޮޅު ކުޅުމެއް ނުދެއްކުނު ކަމުގައިވިޔަސް ޓިމަށް ލަފާދީ އިރުޝާދު ދެވޭނެ ކުޅުންތެރިއެކެވެ. އަދި ޓީމުގައި ހުނަރުވެރި ދުވެލިބާރު އިތުބާރުހުރި ޝިނާ ހުރުމުން ކައުންސިލުގެ ޓީމަށް ހިތްހަމަޖެހުން ލިބޭނެކަން ގައިމެވެ. އޭނާއަކީ ކުޑަހުވަދޫ ޓީމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ މޮޅު ކުޅުންތެރިއެކެވެ. ކައުންސިލުގެ ޓީމުން ހޮސްޕިޓަލއިާ ދެކޮޅަށް ނިކުންނައިރުގައި އެމީހުން އެންމެ ހިތްހަމަޖެހޭނެ އެއްކަމަކީ އެޓީމުުގެ ކީޕަރު ޝާއިނުގެ ފަރާތުން ފެންނަ މޮޅުކުޅުމެވެ. 


މިރޭ ފައިނަލުގައި ބައްދަލުކުރާ ދެޓީމުންކުރެ މި މުބާރާތުގެ ތަށިގެންދާނީ ކޮންބައެއްތޯ މިއީ މިހާރު އުފެދޭނެ ސުވާލެއްކަން ގައިމެވެ. ދެޓީމުވެސް ފައިނަލަށް ގޮސްފައި މިވަނީ މުބާރާތުގެ ވަރުގަދަ ދެބާރު ބަލިކުރުމަށް ފަހުގައެވެ. އެހެކަމުން މިރޭގެ މެޗު އިތުރަށް ފޯރިގަދަވާނޭކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ތަށި ހަމަ ކޮންމެ ޓީމެއްވެސް ނަގައިފާނެ ނޫންތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު