އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ލޯބިވާ އުޚުތުންނޭވެ!! އެދުވަހަށް ރައްކާތެރިވަމާތޯއެވެ!

5 years ago

ކުޑަހުވަދޫ އޮންލައިން

ލޯބިވާ އުޚުތުންނޭވެ!! އެދުވަހަށް ރައްކާތެރިވަމާތޯއެވެ! އެއްދުވަހަކު على رضي الله عنه އަދި فاطمة رضي الله عنها، رسول الله صلى الله عليه وسلم ގެ އަރިހަށް ވަދެވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ނުހަނު ބޮޑަށް ކީރިތި ކުރަށްވާތީ ދެކެވަޑައިގަތެވެ. على رضي الله عنه ދަންނަވައިފިއެވެ.


އޭ ﷲގެ ރަސޫލެވެ. ﷲ ގެ ނަބިއްޔެވެ. ކަލޭގެފާނު ތިޔަހާ ވަރަށް ކީރިތި ކުރަށްވަނީ ކީއްވެތޯއެވެ؟ އެ ހިނދު رسول الله صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކީރިތި ކުރެވެނީ ތިމަންކަލޭގެފާނު އިސްރާ ކުރެވުނު ރޭގައި ތިމަން ކަލޭގެފާނުގެ އުންމަތުގެ އަންހެން ތަކުންނަށް ލިބެމުން ދިޔަ އަޛާބު ދެކެވަޑައިގެންފައި އެކަން ހަނދުމަފުޅުވެފައެވެ. އިސްތަށިގަނޑުން އެލުވިފައިވާ އަންހެނަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭރު އޭނާގެ ސިކުނޑި ކެކިކެކި ހުއްޓެވެ. އަދި ދުލުން އެލުވިފައިވާ އަންހެނަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. 


އޭނާގެ އަނގައިގެ ތެރެއަށް ކެކި ކެކި ހުރި ހޫނުފެން އޮއްސެމުން ދިޔައެވެ. އަދި އުރަމަތިން އެލުވިފައިވާ އަންހެނަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި އެމީހެއްގެ ދެ ފައި އުރަމައްޗާ ހަމައަށް ދެ އަތް ނިތްކުރިއާ ހަމައަށް ބަނދެވިފައިވާ އަންހެނަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭނަގެ ގައިމައްޗަށް ނަގުލަންދާށި ތަކާއި ހަރުފަތައް އަރައަރާ ހުއްޓެވެ. ބޯ އޫރެއްހެން ހަށިގަނޑު ޙިމާރެއްހެން ހުރި އަންހެނަކު ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. 


އޭނައަށް ހާސް ހާސް ކުލައިގެ އަޛާބު ދެވެމުން ދިޔައެވެ. ކުއްތާގެ ސޫރައިގައި ވާ އަންހެނަކު ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭރު އޭނާގެ އަނގައިގެ ތެރެއިން އަލިފާންގަނޑު ވަދެގެން ގޮސް ފުރަގަސްފަރާތުން އަލިފާންގަނޑު ނުކުމެގެން ދަނީއެވެ. އަދި މަލާއިކަތް ބޭކަލުން ތިއްބަވާފައި، ކޮޅު ގުދުގުދުލާފައިވާ އަލިފާނުގެ ޗާބޫކުތަކުން އެ އަންހެންމީހާގެ ބޮލުގައި ތަޅުއްވަމުން ގެންދަވަނީއެވެ. އެހިނދު فاطمة رضي الله عنها އިންތަނުން ތެދުވެ ވަޑައިގެންފައި ދަންނަވައިފިއެވެ. حبيبى و قرّة عينى.. އަހަރެންގެ ލޯބިވަ ކަލޭގެފާނެވެ. އަހަރެންގެ ދެ ލޮލުގެ ފިނިކަންފަދަ ކަލޭގެފާނެވެ. އެ އަންހެންތަކުންގެ ޢަމަލު ތަކަކީ ކޮބައިހެއްޔެވެ؟ އެ ކަނބަލުންނަށް އެހާ ގިނަ ޢަޛާބުތަކެއް ލިބެން އެ ކަނބަލުން ކުރީ ކޮން ފާފަތަކެއްތޯއެވެ؟ 


رسول الله صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. އޭ މަގޭ ދަރިފުޅާއެވެ! އެ ކަނބަލުން ކުރި ކަންތައްތަކަކީ މިއީއެވެ. އިސްތަށިގަނޑުން އެލުވިފައިވާ އަންހެނާ، އޭނާގެ ބޮލުގެ ނާށިގަނޑު ކެކި ކެކި ހުރި އަންހެނާ ދަންނާށެވެ! އޭނައަކީ ދުނިޔެމަތީ އުޅުނު އިރުގައި ހިލޭ ފިރިހެނުންނަށް އޭނަގެ އިސްތަށިގަނޑު ނިވާކޮށްފައި ނުވާ އަންހެނާއެވެ. އަދި ދުލުން އެލުވިފައިވާ އަންހެނާ، އެނާގެ އަނގައިގެ ތެރެއަށް ކެކި ކެކި ހުރި ހޫނުފެން އޮއްސެމުންދިޔަ އަންހެނާ ދަންނާށެވެ. އޭނައަކީ އޭނަގެ ފިރިމީހާއަށް ދުލުން ގޯނާކުރާ އަންހެނާއެވެ. ފިރިމިހާއަށް ދުލުން ޒުވާބުދީ ނުބައި އެއްޗިހިކިޔާ އުޅުނު އަންހެނާއެވެ. 


އަދި އުރަމަތިން އެލުވިފައިވާ އަންހެނާ ދަންނާށެވެ. އޭނާއަކީ އޭނާގެ ފިރިމީހާގެ ދާން ޒިނޭކޮށްގެން ފަސާދަ ކުޅައަންހެނާއެވެ. އޭނާގެ ފިރިމީހާ ގެއިން ނުކުމެގެން ދިޔައީމައި، އޭނަގެ ފިރިމީހާ ރަށުން ބޭރަށް ދިޔައީމައި އޭނަގެ ފިރިމީހާގެ ދާނަށް ހިލޭ ފިރިހެނުންތައް ގެނެސްގެން އެ ފިރިހެނުންނާއެކު މައްލަވަކޮށް ޒިނޭކުރި އަންހެނާއެވެ. އޭނައެވަނީ އުރަމަތިން އެލުވިފައެވެ. އޭނަގެ ދެފައި އުރަމަށްޗާ ހަމައަށް ދެ އަތް ނިތްކުރިއާއި ހަމައަށް ބަނދެވިފައިވާ އަންހެނާ ދަންނާށެވެ. އެނާގެ ގައިމައްޗަށް ނަގުލަންދާށިތަކާއި ހަރުފަތައް އަރަމުން ދިޔަ އަންހެނާ ދަންނާށެވެ. އޭނައަކީ އޭނަގެ ހަށިގަނޑު ޖުނުބުވެރިކަމާއި ޙައިޟުވެރިކަމުން ޠާހިރު ނުކުރި އަންހެނާއެވެ. 


އަދި އޭނައަކީ ނަމާދަށް ފުރައްސާރަ ކުރި އަންހެނާއެވެ. ނަމާދަށް ފަރުވާ ތެރިކަމެއް ނުބަހައްޓައެވެ. އޭނާ ނަމާދުތައް ކޮއްފައިވަނީ ނަމާދުތަކުގެ އެންމެ ފަހު ވަގުތުތަކުގައެވެ. އެއްވެސް ހާލެއްގައި ނަމާދު ތަކުގެ ކުރީ ކޮޅުގައި ބަރާބަރަށް ފަރުޟު ފަސްނަމާދު އަދާ ކޮއްފައެއްނުވެއެވެ. އޭނަ އެވަނީ ނަމާދަށް ފުރައްސާރަކޮށްފައެވެ. އެމީހެއްގެ ބޯ އޫރެއްހެން ހަށިގަނޑު ޙިމާރެއްހެން ހުރި އަންހެނާ ދަންނާށެވެ. ފަހެ އޭނައަކީ ދޮގު ހަދާ ދެބައޮޑުވެ އުޅުނު އަންހެނާއެވެ. ބޯ އެވަނީ އޫރެއްހެން، ހަށިގަނޑު އެވަނީ ޙިމާރެއްހެންނެވެ. އޭނައަށް ހާސް ހާސް ކުލައިގެ އަޛާބު ލިބެމުން ދިޔައެވެ. އެމީހެއްގެ ސޫރަ ކުއްތާއަކަށް ބަދަލުވެފައިވާ އަންހެނާ، އޭނަގެ އަނގައިގެ ތެރެއިން އަލިފާންގަނޑު ވަދެގެންގޮސް ފުރަގަސްފަރާތުން އަލިފާންގަނޑު ނުކުމެގެން ގޮސް އަލިފާނުގެ ޗާބޫކުތަކުން މަލާއިކަތްބޭކަލުން އޭނަގެ ބޮލުގައި ތަޅުއްވަމުން ގެންދެވި އަންހެނާ ދަންނާށެވެ. އޭނައަކީ ދުނިޔެމަތީގައި އުޅުނު އިރުގައި ކަލަގޮވާ ހަސަދަވެރިވެ އުޅުނު އަންހެނާއެވެ. އޭ މަގޭ ލޮބުވެތި އުޚްތުންނެވެ! މިފަދަ ބޮޑެތި އަޛާބު ތަކަށް ތިބާއަށް ކެއްކުރެވޭނެތޯއެވެ!! 


ނޯޓް: ލިޔުން ނަގައިފައިވަނީ އައްޝައިޚް އިބްރާހިމް ފަރީދުގެ ދަރުހަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު