އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ނިޔާމަ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރިސޯޓަށް ގެއްލުންވެއްޖެ

5 years ago

ކުޑަހުވަދޫ އޮންލައިން

ނިޔާމަ ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރިސޯޓަށްބޮޑެތި ގެއްލުންވެއްޖެއެވެ.


ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޭ ފަތިހު ހިނގި މިހާދިސާގައި ވޯޓާ ވިލާ އެއްކޮށްވަނީ އަނދާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ނަމަވެސް ހާދިސާހިނގި ވޯޓާ ވިލާ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.


އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ނިޔާމަ ރިސޯޓްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ހެނދުނު 07:03 ގައި އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.


ދ. އަތޮޅުގައި އޮންނަ ނިޔާމަ ރިސޯޓުގެ ވޯޓާ ވިލާގައި 3 ކޮޓަރި ހުރެއެވެ.ދ.އަތޮޅުގައި އޮންނަ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓަކީ ރާއްޖޭގައި ހިންގާ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރެއިން ރިސޯޓެކެވެ. އެތަނުގެ ޗުއްޓީ ހޭދަކުރުމަށް ރެއަކަށް ތިރީހަކަށް ހާސް ރުފިޔާ ދައްކަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު