އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ދުބާއީގައި ސްމާޓް ޕާކިން ޕްރޮޖެކްޓެއް ލޯންޗު ކޮށްފި

5 years ago

ކުޑަހުވަދޫ އޮންލައިން

ދުބާއީގެ އާންމު ރައްޔިތުންނަށް ކޮލިޓީ ހިދުމަތެއް ދިނުމަށް ދުބާއީގައި ސްމާޓް ޕާކިން ޕްރޮޖެކްޓެއް ލޯންޗު ކޮށްފި އެވެ.


ދުބާއީގައި ގާއިމް ކޮށްފައިވަނީ ބަރިބަރިއަށް ކާރު އަދި ސައިކަލު ޕާކު ކުރެވޭ މުކޭނިޒަމް ތަކެކެވެ. މި މެކޭނިޒަމް ތަކުގައި ބޭނުން ކޮށްފައިވާނީ އެންމ ފަހުގެ ޓެކްނޮލޮޖީ ކަމުގައި ދުބާއީ ފުލުހުން ބުނެ އެވެ. އަދި މި މެކޭނިޒަމްތައް ބަލަހައްޓަނީ ފުލުހުން ކަމުގައިވެސް ބުނެފައި ވެ އެވެ.


ދުބާއީ ފުލުހުންގެ މޭޖަރ ޖެނެރަލް އަލް މައްރީ ބުނެފައިވަނީ މިއީ ދުބާއީ ފުލުހުންގެ 2016-2021 އަށް އެކުލަވާލާފައިވާ މަގުޗާޓުގެ ދަށުން ފެށުނު ޕްރޮޖެކްޓެއް ކަމަށާއި އިތުރަށް މި ޕްރޮޖެކްޓް ފުޅާކޮށް އެންމެހާ ރައްޔިތުންނަށް ހިދުމަތް ދެވޭވަރަށް ހިދުމަތް ފުޅާ ކުރަން ނިންމާފައިވާކަމަށެވެ.


ދުބާއީ އަކީ އަބަދުވެސް އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. ދުބާއީގައި ޑިޖިޓަލް ޕޮލިސް ސްޓޭޝަންތައްވެސް ހުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު