އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ދެވަނަ ޓާމްގެ ކިޔެވުން ފެށިއްޖެ. ދަރިވަރުންނަށް ޓެބްލެޓް އަދި ނުލިބޭ

5 years ago

ކުޑަހުވަދޫ އޮންލައިން

ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ދޫކުރާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން މި ޓާމް ފެށިއިރު އަދި ސްކޫލާ ހަމައަށް އެތަކެތި ނާންނަކަން އެނގިއްޖެއެވެ.


އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޓެބްލެޓް ތައް ދޫކުރުމުގައި ފުރަތަމަ އިސްކަން ދޭނީ އަތޮޅުތެރޭގެ މަދަރުސާ ތަކަށް ކަމަށާ މިހާރު ބައެއް ރަށްރަށަށް ފޮނުވާފައިވާކަމުގައެވެ. އިތުރު ރަށްރަށަށް ޓެބްލެޓް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ. މީގެތެރެއިން ބައެއް ޓެބްލެޓުތައް ޓީޗަރުންނަށް މިހާރު ވެސް ވަނީހަވާލު ކޮށްފައެވެ. އެގޮތުން ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންގެ އިތުރުން ދ.އަތޮޅުގެ ރަށްރަށުގައި ހުރި ސަރުކާރުގެ މަދަރުސާތަކުގައި މަސައްކަތް ކުރާ ޓީޗަރުންނަށްވެސް ނަށްވެސް ފުރަތަމަ ޓާމް ނިމުމުގެ ކުރިން ޓެބްލެޓްތައް ވަނީ ހަވާލު ކޮށްފައެވެ.


މިކަމާބެހޭ މައުލޫމާތު ހޯދުމަށް ތައުލީމީ މަރުކަޒާ ގުޅުމުން އެކަމުގައި ރަސްމީ ބަހެއް ލިބޭނެ ގޮތް ވަނީ ނުވެފައެވެ.


ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށާއި ދަރިވަރުންނަށް 70000 ޓެބްލެޓް ބެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 63000 ޓެބްލެޓް ބެހުމަށް ހަމަޖެހިފައިވަނީ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއެވެ. މިއަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މާދަމާ ފަށާއިރު ފުރަތަމަ ޓާމްގެ ޗުއްޓީއަށް ސްކޫލްތައް ބަންދުކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.


އީދަށް ފަހު ސްކޫލްތައް މިއަދު ހުޅުވިއިރު ދެވަނަޓާމަށް ހުރިހާ ސްކޫލްކެއްވެސް ތައްޔާރުވެފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ދުއިސައްތައަށްވުރެ ގިނަ ސްކޫލްގައި އަށްޑިހަ ހާހަށްވުރެއް ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު