
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
5 years ago
އިންޑިއާގެ ހޯމް މިނިސްޓަރު ރަޖްނާތު ސިންގް ޓްވިޓާގައި ވިދާޅުވި ގޮތުގައި ރޯދަ މަހަށް އިންޑިއާ އިން ކަޝްމީރު ސަރަހައްދުގައި ނިރުބަވެރިންނާއި ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް މެދުކަނޑާލީ އެސަރަހައްދުގެ މީހުންނަށް އަމާންކަމާއި ސުލްހައިގެ މާހައުލެއްގައި ރޯދައިގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ.
އަދި އިންޑިއާގެ އަސްކަރިއްޔާ އިން ހަރަކާތްތައް ހުއްޓާލައި ކެތްތެރިކަން އިސްކޮށްގެން ވަނިކޮށް ނިރުބަވެރިން ދިޔައީ އެ މީހުންގެ ހަމަލާތައް ކުރިއެކޭ އެއްގޮތައް ދެމުން ކަމަށް ވެސް އޭނާ ޓްވީޓްގައި ވިދާޅުވި އެވެ.
މިހާރު އިންޑިއާ އަސްކަރިއްޔާގެ ހަރަކާތްތައް ކުރިއެކޭ ވެސް އެއް ފަދައިން ކުރިއަށް ގެންދިއުމަށް ދަންނަވާފައިވާނެ ކަމަށާއި އިންޑިއާ ސަރުކާރުން ޖަންމޫ އަދީ ކަޝްމީރު ސަރަހައްދުގައި ސުލްހަ ގާއިމު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ރާޖްނާތު ވިދާޅުވި އެވެ.
ރޯދަ މަހުގެ އެންމެ ފަހު 10 ގައި ކަޝްމީރުގެ ސްރީނަގަރުގައި ނިރުބަވެރިންދިން ހަމަލާތަކުގައި ރައިޒިން ކަޝްމީރު ނޫހުގެ އެޑިޓަރު އިން ޗީފް ސުޖާތް ބުޚާރީ ވެސް ވަނީ މަރާލައިފަ އެވެ.
ބުޙާރީއަކީ ކަޝްމީރުގެ ސުލްހައިގެ ވާހަކަތަކުގައި ނުރަސްމީ ރޯލެއް އަދާ ކުރި މީހެއް ވެސްމެ އެވެ.