ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
6 years ago
މިމަހު 6 ވަނަ ދުވަހު ބާއްވާ ލޯކައުންސިލް އިންތިހާބުގައި ވޯޓްލުމަށް ކުޑަހުވަދޫގައި 3 ވޯޓް ފޮއްޓެއް ބަހައްޓަ އެވެ.
މިފަހަރު ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ މަލްޓިޕާޕާސް ބިލްޑިންގް ހޯލުގައި، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޮޑު ހޯލުގައި އަދި ކުޑަހުވަދޫ ޕްރީސްކޫލުގައި އެވެ.
މަލްޓިޕާޕާސް ބިލްޑިންގް ހޯލުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މި ވޯޓް ފޮއްޓަށް ވޯޓްލާނީ އިސްކަންދަރުމަގުން ހުޅަނގަށް ގޮސް ބޮޑުރަސްގެފާނު މަގުން އުތުރުގައި ހިމެނޭ ގޭގެ ރަޖިސްޓްރީގައިވާ
މީހުންނެވެ.
ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޮޑު ހޯލުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މި ވޯޓް ފޮއްޓަށް ވޯޓްލާނީ އިސްކަންދަރުމަގުން އިރުމައްޗަށްގޮސް ބޮޑުރަސްގެފާނު މަގުން އުތުރުގައި ހިމެނޭ ގޭގެ ރަޖިސްޓްރީގައިވާ
މީހުނާއި ރަށުގައި ދިރިއުޅޭ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުމީހިންނެވެ.
ކުޑަހުވަދޫ ޕްރީސްކޫލުގައި ބެހެއްޓިފައިވާ ވޯޓްފޮށި:-
މި ވޯޓް ފޮއްޓަށް ވޯޓްލާނީ ބޮޑުރަސްގެފާނުމަގުގެ ދެކުނުފަޅީގައި ހިމެނޭ ގޭގެ ރަޖިސްޓްރީގައިވާ މީހުނާއި ރަށުގައި ދިރިއުޅޭ
ދ. އަތޯޅުން ފެށިގެން ޏ. އަތޮޅާއި ދެމެދުގައި ހިމެނޭ ރަށްރަށުގެ މީހުނާއި އައްޑޫސިޓީއާއި މާލޭސިޓީގެ މީހުންނެވެ.