އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

މިނިވަން ޗެމްޕިއަންޝިޕް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދައިފިއެވެ.

6 years ago

ކުޑަހުވަދޫ އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫން ހޯދައިފިއެވެ.

ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދީ އެރަށު ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗު 4-0 ގެ ނަތީޖާ އަކުން ވ.ފުލިދޫ ބަލިކޮށްގެންނެވެ.

މެޗު ފެށިގެންވެސް މޮޅަށް ކުޅެމުންދިޔަ ކުޑަހުވަދޫ ޓީމުން ލީޑު ނެގީ ހަތަރުވަނަ މިނިޓްގައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުފާން އާދަމް ނަސީރު އެވެ. ލަނޑަށްފަހުވެސް ކުޑަހުވަދޫ ޓީމުން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު އިރު އެޓީމުގެ ފޯވަޑް ލައިނުން ގޯލެއްޖެހޭތޯ ކުރި މަސައްކަތުގެ ހުރަހަކަށްވީ ފުލިދޫ ޓީމުގެ ޑިފެންސެވެ. މި މެޗުގައި ފުލިދޫ ޓީމުގެ ޑިފެންސް ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ކުޑަހުވަދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެންވެސް ކުޑަހުވަދޫ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބުނު ނަމަވެސް ނަސީބު ކަންދިމާ ކުރި ގޮތުން ފަހުހާފުގެ ބޮޑުބައެއް ދިޔައީ ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ކުޑަހުވަދޫން ވަނީ މެޗުގެ 76 ވަނަ މިނިޓްގައި އިތުރު ލަނޑެއްޖަހައި 3-0 އަށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މުހައްމަދު އިސްމާއިލްއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަތަރުވަނަ ލަނޑު ކުޑަހުވަދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ކުރިން ދެ ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު އިސްމާއީލެވެ. އޭނާ ހެޓްރިކް ހެދި ލަނޑު ކާމިޔާބުކުރީ މެޗުގެ 90 މިނިޓް ހަަމަވެ، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫ އަށް ލީޑު ނަގައިދިން އިރުފާން އާދަމް ނަސީރެވެ.

އެެ ނަތީޖާއާއެކު ކުޑަހުވަދުއަށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ލިބުނު އިރު އެޓީމުވަނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރަށް ދަތުރުކޮށްފައެވެ. މިއަދު ކުޑަހުވަދޫ ދަނޑުގައި ކުޅުނު މެޗު ބަލަން އެރަށުގެ ގިނަ އަދެއްގެ ސަޕޯޓަރުންވަނީ ދަނޑަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު