އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ޒުވާނުންނަށް އަމާޒުކޮށް ޚާއްޞަ ޕްރޮގްރާމެއް ކުޑަހުވަދޫގައި ފަށައިފި

2 years ago

ކުޑަހުވަދޫ އޮންލައިން

ޒުވާނުންނަށް އަމާޒުކޮށް އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރުގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ދ.ކުޑަހުވަދޫގައި ފަށައިފިއެވެ.


މިއީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މި ސެންޓަރުން ގުޅިގެން ދ.ކުޑަހުވަދޫގައި ކުރިއަށް ގެންދާ ހަފްތާ ރެސް ޕްރޮގްރާމް ތެރެއިން، ދ.އަތޮޅަށް ނިސްބަތްވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރުގެ ނަމުގައި ހިންގާ ޕްރޮގްރަމެކެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އިސްލާމިކް އެފެއާޒް، މޯލްޑިވްސް ޕޮލިސް ސާރވިސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މި ސެންޓަރާއި ގުޅިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދ.އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން 24 ބޭފުޅުން ބައިވެރިވެވަޑައިގެންނަވައެވެ.


މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނަ އެޅުމާއި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމުގެ ގޮތުން އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުޓަރިންގ ވައިލެންޓް އެކްޓްރިމިޒަމް އިން ކަނޑައަޅާފައިވާ ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން އިޖުތިމާޢީ ދުޅަހެޔޮކަން އާލާވެ، ބަދަހި، ވިލުންވެރި އަދި އަމާން ވެއްޓެއް ބިނާވެގެން ދާނެ އެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ، އިޖުތިމާޢީ ދުޅަހެޔޮކަން އާލާކުރުމާއި ބަދަހި އަދި ވިލުންވެރި ވެއްޓެއް ޤާއިމުކުރުމާއި، އިޖުތިމާޢީ ބައިބައިވުން ކުޑަކުރުމާއި ނޭދެވޭ ފިކުރުތަކުން ދުރުކުރުމެވެ.


ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ފުޅުދައްކަވަމުން ދ.އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްރަންސް ސާރވިސަސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އަލްފާޟިލް ޢަލީ ސުއާދު ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައި ބަދަހި ވިލުންވެރި މުޖުތަމައެއް ބިނާކޮށް މުޖުތަމައުން ފިތުނައާއި ރުޅިވެރިކަން ނައްތާލުމުގައި ލީޑަރުންގެ ދައުރު ފާހަގަކުރެއްވިއެވެ.


އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގައި، ދ.އަތޮޅުގައި ކުށުގެ ވެށި އޮތް މިންވަރު ދެނެގަތުމާއި، ރާއްޖޭގެ ކަންކޮޅުތަކުގައި ޓެރަރިޒަމާއި ހަރުކަށިފިކުރުގެ ނުރައްކާތައް ފެތުރިފައިވާ މިންވަރާއި، ފިކުރީ ގޮތުން ހައްދުފަހަނައެޅުމާއި ހަރުކަށިފިކުރުގެ ނުރައްކާ ޢިލްމީ ނަޒަރަކުން ބުނެދިނުމާއި، ހޯލް އޮފް ގަވަރމަންޓް އެޕްރޯޗެއްގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މި މަސައްކަތް ފަރުމާކުރެވިފައިވާ ގޮތާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، އަދި މީގެ އިތުރުން ބައިވެރިންގެ މެދުގައި ޑިސްކަޝަން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ

ކިޔުންތެރިންގެ ހިޔާލު