
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
1 year ago
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 80 ވަނަ މާއްދާގެ 01 ގައި ބަޔާންކޮށްފައިވާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
ދ.ކުޑަހުވަދޫގައި ބިނާކުރާ މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު ޢިމްރާނެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ 80 ވަނަ މާއްދާގެ 01 ގައި ބަޔާންކޮށްފައިވާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުތަކަކީ، ކޮންމެ ކުއްޖެއްގެ ހާލަތަށް ބިނާކޮށް، އެ ކުއްޖާއަށް ބޭނުންވާ ޚާއްސަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށްޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅޭނެ ގޮތަށް ހަދާ މަރުކަޒުތަކެކެވެ.
ކުޑަހުވަދޫގައި ޢިމާރާތްކުރާ ފުރަތަމަ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. ދެ ފަންގިފިލާ ހިމެނޭ މި ޢިމާރަތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫޢުއަކީ 21 މިލިއަން 06 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫޢެކެވެ.