އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އަމިއްލަ ނަފްސާއި އެހެންމީހުންގެ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަން : 2 ވަނަބައި

2 years ago

އިބްނު ޙަސަން

އަމިއްލަަފްސުގެ ސަލާމަތްތެރިކަން:

އިސްލާމް ދީނަކީ ސަލާމަތުގެ ދީނެވެ. އަމާންކަމުގެ ދީނެވެ. ރުޅިވެރިކަމާއި ޢަދާވާތްތެރިކަން އޮންނަންޖެހެނީ ދުޝްމަނުނާއިވެސް ވަކި ހަމަތަކާއި އުޞޫލުތަކެއްގެ މަތިންނެވެ. މިހެންކަމުން އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްލާމްދީން ނުހަނު ބޮޑަށް ބާރުއަޅައެވެ. އަމިއްލަ ނަފްސައްގެއްލުމެއް ދިނުމެއް އަދި ލިބިގަތުމެއްވެސް ނުވެއެވެ. ނަފްސައް ގެއްލުމެއްވާފަދަ އެންމެހާ ކަންކަމުން ދުރުހެލިވުމަށް މިދީން ވަނީ އަންގަވާފައެވެ. ދުޅަހެޔޮކަމާއި ރަނގަޅު ސިއްޙަތެއްގައިވުމަށް ބާރުއަޅުއްވާފައިވެއެވެ. ނަފްސު ރައްކާތެރިކުރުމުގެ މުހިންމުކަން އެނގޭ ވަރަށް ގިނަކަންތައްތައް އެބަހުއްޓެވެ.


1. ފުރާނައަށް ރައްކާތެރިވުން:

މިފަހަކަށްއައިސް މުސްލިމް ޒުވާނުންގެ ތެރެއިން އަމިއްލަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުންދީ މަރުވާން މަސައްކަތްކުރާ ޚަބަރުތައް، އެކި ނޫސް މަޖައްލާތަކުން ދަނީ ޢާއްމުކޮށް ފެންނަމުންނެވެ. ކުރިން ފާހަގަކޮށްފައިވާނޭފަދައިން ނޭދެވޭ އާދަތަކެއްގައި ގިނަވަގުތު ހޭދަކުރުމުގެ ސަބަބުން އިސްލާމީ ރިވެތި ވެށިން މީހާބޭރުވެގެންދެއެވެ. ދީނާ ދުރުވުމުގެ ސަބަބުން ޝައިޠާނާގެ ޝިކާރައަކަށްވެއެވެ.


ތިމާ ދުނިޔެ މަތީގައި ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުނުވުމަކީ މާޔޫސްވާން ޖެހޭ ކަމެއްނޫނެވެ. އީމާނުގެ އަހުލުވެރިޔަކާއި، ކަމެއް މެދުވެރިވެއްޖެނަމަ ކެއްތެރިވެއެވެ. އިމާންކަން ދައްވުމުގެ ނަތީޖާއަކީ މިފަދަ ޙާލަތްތައް ތަޙައްމަލުކުރާނޭ ގޮތް ނޭންގި އަމިއްލައަށް ނަފުސައް ގެއްލުންދެވޭންއުޅުމެވެ. އަމިއްލަ ނަފްސައް ގެއްލުމެއް ދިނުމުގެ ކުރީގައި ﷲ ގެ މިވަޙީ ބަސްފުޅާއިމެދު ވިސްނާލާށެވެ. މުއްމިނޫން ސޫރަތުގެ 62 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَا نُكَلِّفُ نَفْسًا إِلَّا وُسْعَهَا ۖ وَلَدَيْنَا كِتَابٌ يَنطِقُ بِالْحَقِّ ۚ وَهُمْ لَا يُظْلَمُونَ ‎﴿٦٢﴾‏) މާނައީ: '' އަދި އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަން ރަސްކަލާނގެ ތަކުލިފެއް ނުޖައްސަވަމެވެ. އަދި ޙައްޤު ގޮތުގައި ބަސްބުނާ ފޮތެއް، ތިމަންރަސްކަލާނގެ ޙަޟުރަތުގައިވެެއެވެ. އަދި އެއުރެއްނަށްތަކައި ބޭއިންސާފެއް ނުކުރައްވާ ހުއްޓެވެ.


އާޔަތުން އެނގެނީ ނަފްސައް ނުއުފުލޭވަރުގެ ކަމެއް އެކަލާނގެ ނުޖައްސަވާނެކަމެވެ. ﷲ އަކީ އަޅުތަކުންނަށް އެންމެ އޯގާވަންތަ އިލާހެވެ. އަމިއްލަ ނަފްސައް ގެއްލުމެއް އަނިޔާއެއް ދިނުމުގެ ކުރިން އިސްލާމީ ޢަޤީދާއިން ސިކުނޑި ވަރުގަދަކޮށް އީމާންކަމުގެ ތިލަފަތް ބަރުކޮށްލުމަށް ދީނުގެ އިމުގެ ތެރެއަށް ވަނުމަކީ ނުހަނު މުހިންމުކަމެކެވެ. ފުރާނައަށް ގެއްލުން ދިނުމުގެ ނުރައްކާތެރިކަން މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އުއްމަތައް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. (مَن قَتَلَ نَفسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهِا فِي بَطنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَن شَرِبَ سَمًّا فَقَتَلَ نَفسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَن تَرَدَّى مِن جَبَلٍ فَقتَلَ نَفسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا) މާނައީ: ''ހަތިޔާރަކުން އެމީހެއްގެ ނަފްސު އަމިއްލައަށް ޤަތުލުކޮށްފި މީހާ، އެހަތިޔާރުން އޭނާގެ ނަފްސު ޤަތުލުކުރާ ޙާލު، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ޒަހަރެއް ބޮއިގެން އަމިއްލައަށް މަރުވެއްޖެ މީހާ، އެޒަހަރު ބޮއިބޮއި ހުންނަ ޙާލު ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ. އަދި ފަރުބަދައެއް (ނުވަތަ އުސްތަނެއް)ގެ މަތިން ފުއްމާލައިގެން އޭނާގެ އަމިއްލަ ނަފްސު ޤަތުލުކޮށްފި މީހާ (އޭނާ ފުއްމާލި ތަނަކުން) ވެއްޓެމުންދާ ޙާލު، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދެމިހުންނާނެއެވެ.''(رواه البخاري ومسلم) އަދިވެސް އެކަލޭގެފާނުގެ އެހެން ޙަދީޡް ބަސްފުޅެއްގެ މާނައިގައިވެއެވެ. ''ދަންޖެހިގެން މަރުވެއްޖެ މީހާ، ނަރަކައިގެ އަލިފާނުގެ ތެރޭގައި ދަންޖެހިފައި ހުންނާނެއެވެ.'' (رواه البخاري) މިފަދަ ބަސްފުޅުތަކަށް ވިސްނާލުމުން ކަމުގެ ނުރައްކާތެރިކަން އެނގި ރައްކާތެރިކަމުގެ މަގު އިޚްތިޔާރުކުރުމަށް ފުރުޞަތަކަށްވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު