އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫ ކައުންސިލަރުން ހުވާކުރުމުގެ ދަރުބާރު ބާއްވައިފި

2 years ago

އިބްނު ޙަސަން

އަލަށް އިންތިޚާބުވި ކުޑަހުވަދޫ ކައުންސިލުގެ މެންބަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުވުމުގެ ދަރުބާރު މިޔަދު ބާއްވައިފިއެވެ. މި ދަރުބާރު ބާއްވާފައިވަނީ ހެނދުނު 10 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ލައިބްރަރީ ހޯލުގައެވެ. ކޮވިޑުގެ ސަބަބުން ޢާއްމުންނަށް ބައިބެރި ނުވެވޭގޮތަށް ބޭއްވުނު މިދަރުބާރު ކުޑަހުވަދޫ ކައުންސިލް ފޭސްބުކް ޕޭޖުންވަނީ ލައިވްކޮށް ދައްކާފައެވެ.


އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިޤްރާރުވުމުގެ ރަސްމިއްޔާތައް ކުރީގެ ކުޑަހުވަދޫ ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު ޝާމް އާއި ނައިބުރައީސް އަލްފާޟިލް ޢަލީ ސަޢުދު ބައިވެރިވެ ވަޑައިގެންނެވިއެވެ.


އަލަށް އިންތިޚާބުވި ކުޑަހުވަދޫގެ ފިރިހެން ކައުންސިލަރުންނަކީ ، އިބްރާހިމް ފިކުރީ (ކައުންސިލުގެ ރައީސް) ގެ އިތުރުން އިސްމާޢިލް ފާރިޝް އާއި އަޙްމަދު މަޢުރޫފް ގެ އިތުރުން އަޙްމަދު ޖަމީލެވެ. އަދި އަންހެން ކައުންސިލަރުންގެ ގޮތުގައި އިންތިޚާބުވެފައިވާ ފަރާތްތަކަކީ ޠާޤާ އަޙްމަދު އާއި ސަރީރާ ޢަބްދުލްމުޢީދުގެެ އިތުރުން ޢައިޝަތު ނަޝީދާއެވެ. އަދި އަލަށް އިންތިޚާބުކުރެވުނު ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަކީ ، ސަޢީދާ މޫސާ ، ފާތިމަތު ޝީލާ ، ހައްވާ ޒާހިރާ ، ޝާހިދަަ މުޙައްމަދު އަދި ނަސީމާ އިދުރީސް އެވެ.


ހުވާކުރުމުގެ ދަރުބާރަށްފަހުގައި ކުޑަހުވަދޫ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ޖަލްސާވަނީ ބާއްވާފައެވެ. މިޖަލްސާގައި ހުރިހާ މެންބަރުންނަށް ބައިވެރިވެވިފައިނުވާތީ ކައުންސިލުގެ ނައިބުރައީސް ހޮވާފައި ނުވެއެވެ. އަލަށް އިންތިޚާބުވި އަންހެނުން ކޮމިޓީގެ ރައީސާއަކަށް ހޮވިފައިވަނީ ނަސީމާ އިދުރީސް އެވެ. އަދި ނައިބު ރައީސާއަކަށް ހޮވިފައިވަނީ ފާތިމަތު ޝީލާއެވެ.


މިފުރުޞަތުގައި އަލަށް އިންތިޚާބުވި ކައުންސިލަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ކުޑަހުވަދޫ އޮންލައިނުގެ ފަރާތުން މަރުޙަބާއާއި ތަޙުނިޔާ އަރިސްކުރަމެވެ. އަދި އިޚްލާސްތެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ދެމިތިބުމަށް ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

އެލްސް

މަރްޙަބާ މަރްޙަބާ!

2 years ago