އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ކުޑަހުވަދޫއިން ކޮވިޑަށް މީހަކު ފައްސިވެއްޖެ

2 years ago

އިބްނު ޙަސަން

ދ.އެއާރޕޯޓުގެ ގިނަ މުވައްޒަފުންތަކެއް ފައްސިވި ކޭސްތަކުގެ މުވާލާތް ކެނޑި، އަމާން ދުވަސްތަކަކަށްފަހު ކުޑަހުވަދޫއިން ކޮވިޑް-19 އަށް، އަނެކާވެސް މީހަކު ފައްސި ވެއެޖެއެވެ. ރޭގެ އިރާކޮޅުގެ ވަގުތެއްގައި ފިރިހެނެއް ފައްސިވީ ކަމުގެ ޚަބަރުތައް ވަނީ ކުޑަހުވަދޫގައި ފެތުރިފައެވެ. އަދި އެކަންވަނީ ދ.އަތޮޅު ހޮސްޕިޓަލުން ކަށަވަރު ކޮށްދީފައެވެ.


މި މަހުގެ 9 ވަނަ ދުވަހު ކޮވިޑުގެ ޢަލާމާތްތަކެއް ހުރެގެން، ޑޮކްޓަރަށް ދެއްކުމަށްް ދިއުމުން ދ.އަތޮޅު ހޮސްޕިޓަލުންވަނީ އެމީހާގެ ސާމްޕަލު ނަގާފައެވެ. އަދި ސާމްޕަލުގެ ނަތީޖާ ލިބި، ފައްސިވީކަމުގެ މަޢުލޫމާތު ލިބުމާއި އެކު، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށް ކުޑަހުވަދޫ ހޮސްޕިޓަލާ ހަވާލާދީ ކުޑަހުވަދޫ އޮންލައިންއަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިހާރު ކުޑަހުވަދޫގައި 5 ގެޔަކާއި ، 2 ދޯނި ވަނީ މޮނިޓަރިންގެ ޙާލަތައްގެނެސްފައެވެ.


ކުޑަހުވަދޫއިން މިވަގުތު ފައްސިވެފައިވާ ފަރާތަކީ، ކަންނެލި މަސްވެރިކަން ކުއްރާ ފަރާތެކެވެ. ރަމަޟާން މަހަށް މަސްވެެރިކަން މެދުކެނޑިފައި ވުމުގެ ސަބަބުން، ކޮވިޑުގެ މި ކޭހަކީ ރަށުތެރޭން ފެތުރިފައިވާ ކޭހެއްކަމުގައި ބައެއްމީހުން ދެކެއެވެ. މިހެން ކަމުން މިބަލި މިވަގުތު ރަށުތެރޭގައި ފެތުރިފައިވުން ދުރެއްނޫނެވެ.


މިވަގުތު ކުޑަހުވަދޫއިން ފެނިފައިމިވާ ކޮވިޑް ކޭސްގެ ސަބަބުން، މުހިއްމު ބޭނުމެއް އޮވެގެން މެނުވީ ގެއިން ބޭރަށް ނުނިކުންނެވުމަށާއި، ގެއިން ބޭރުގައި އުޅުއްވާއިރު ގައިދުރުކަން ދެމެހެއްޓުމަށާއި، މާސްކު އެޅުމަށާއި، ގިނައިން ސައިބޯނިލައިގެން އަތްދޮވުމަށާއި، ސެނެޓައިޒަރ ބޭނުންކުރުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއިންވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. ކޮވިޑުގެ މިފަދަ ޙާލަތްތަކުގައި ކުޑަހުވަދޫ ކައުންސިލް އިދާރާއިން ހަރުދަނާ އުޞޫލުތަކެއް ގެންގުޅޭކަމީ އެކަމަށް ނުހަނު އުފާކުރަންޖެހޭކަމެކެވެ.


މިފަދަ ހައްސާސް ދަނޑިވަޅެއްގައި، ރައްޔިތުން ފަރުދީ ޒިންމާ އަދާކުރައްވައި، ދުޢާކުރުން އިތުރުކޮށް، ކަމާގުޅުންހުރި އިދާރާތަކުންދެއްވާ އިރުޝާދަށް ތަބަޢަވުމަކީ ބަލި ކޮންޓުރޯލުކުރުމަށް އެޅޭނޭ ހަރުދަނާ ފިޔަވަޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު