
ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
2 years ago
21 ވަނަ ޤަރުނުގެ ތަރައްޤީގެ ވާހަކަ އަކީ މިއަދު އައު ވާހަކައަކަށް ނުވާނެކަން ގައިމެވެ. އެއްބަޔަކު އުސްއިމާރާތްތަކާއި ތަފާތު އެކި ޑިޒައިންތަކުގެ ޕާކުތަކާއި އެއާރޕޯޓުތަކާއި ބުރިޖުތައް އެޅުމަކީ މި ދެންނެވި
ތަރައްޤީކަމުގައި ދެކެއެވެ.
އަނެއްބަޔަކު މިކަންކަމާ އިދިކީލި ވިސްނުންހުރެއެވެ. ކޮންމެ އަކަސް އަޅުގަނޑުގެ ސަމުގާގެ އަމާޒަށް އޮޑި ހޭރިޔާ ކޮށްލާނަމެވެ.
އާނއެކެވެ! އިހުތިބީންގެ ދުވަސްވަރުގައިވެސް ތަހުޒީބީ ކުލަތައް ޖެއްސޭތޯ މަސައްކަތްނުކޮށް ނުހުންނާނެއެވެ.
އެޒަމާނުގެ ޢިމާރާތްކުރުމާއި ފަންނުވެރި މަސައްކަތްތަކަކީ އެކަމަށް ހެއްކަކަށް ފުދޭނޭ ކަންކަމެވެ. ޚުދު ކުޑަހުވަދޫގައި 300 ވަރަކަށް އަހަރުވެފައިވާ ބައު ހުކުރު މިސްކިތުން މިބުނި ކަންކަން ފެންނަން އެބަހުއްޓެވެ.
ރަށުގެ ތަރައްޤީއާއި ކުރިމަގަށް އެކި ދުވަސްވަރު އެކި ފެންވަރުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެނެއެވެ.
މެދު ރާއްޖެތެރޭގައި އޮތް އެންމެ ތަރައްޤީ ރަށަކީ ކުޑަހުވަދޫ ކަމާމެދަކު މީހަކު ދެބަސްނުވާނެއެވެ.
އޮޑިދޯނިފަހަރަށް ރަނގަޅު ބަނދަރެއް އޮތްއިރު ވައިގެ މަގުން ދަތުރުކުރެވޭނޭ އެންމެ ރަނގަޅަށް
ތަރައްޤީކުރެވިފައިވާ ޑޮމިސްޓިކް އެއާރޕޯޓެއް މިއަދު އެބައޮތެވެ. ރަށުގެ ބޮޑެތި މަގުތަކުގައި ވަނީ
ޒަމާނީ ފެންވަރަށް ތާރުއެޅި
ދުއްވާ މީހުންނަށާއި ހިނގާ މީހުންނަށް ފަޞޭޙަ ކުރެވިފައެވެ. މަގުތައް ނަލަވެފައި ހިތްގައިމެވެ.
މިއީ މީގެ 20 ނުވަތަ 30 އަހަރު ކުރިޔަށް ނަޒަރު ހިންގާލުމުން ކުޑަހުވަދޫއިން ފެންނަން ހުރި ތަރައްޤީގެ ކުރެހުމެއް ނޫނެވެ. އޭރުގެ މަގުތަކަށް ނަޒަރު ހިންގާލަމާތޯއެވެ. އޭރުގައި މަގުތައް، މިހާރުހާ ފުޅަލެއްނޫނެވެ. ގިނަ މަގުތަކަކީ ހަނި މަގުތަކެވެ.
މަގުތަކުގައި ތާރު އަޅާފައި ނެތެއްކަމަކު
ސާފުވެފައި ހިތްގައިމެވެ. އޮމާނެވެ. ކުނީގެ އަސަރެއް ނުހުރެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟
ކޮންމެ ގެއެއްގެ މީހުން އެގެއެއްގެ މަގު
ކުނިކަހައި ސާފުކުރަމުން ދިޔައީ ބަޔަކު އަންގައިފައި އޮތަތީއެއް ނޫނެވެ. ފަރުދީ ޒިންމާއެއްގެ ގޮތުންނެވެ.
ދެން އެޒަމާނުގެ އިޖުތިމާޢީ ސަރަހައްދުތައް ތޯއެވެ! އިޖުތިމާޢީ ސަރަހައްދުތައް މިހާރެކޭ އެއްގޮތަށް އޭރުވެސް އައީ ސާފުކުރެވެމުންނެވެ. ކުޑަހުވަދޫގައި އޭރު އެކަން ކުރެވުނުގޮތް އެނގޭ ކިތައްމެ ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އޭރުގައި އިޖުތިމާޢީ ސަރަހައްދު ސާފުކުރުމަށް ރަށް އޮންނަނީ ހަތަރު ނަންބަރަށް ބަހާފައެވެ.
ފިރިހެނުންވެސް އަންހެނުންނެކޭ އެއްވަރަށް ސާފުކުރުމުގެ މަސައްކަތް ކުރެއެވެ.
ކޮންމެ ނަންބަރެއްގެ ބަޔަކު އެބަޔަކާ ހަވާލުވެވިފައިވާ ސަރަހައްދު ރަނގަޅަށް ސާފުކޮށް ބަލަހައްޓައެވެ.
މިހާ ފުރިހަމައަށް އެންމެން ގުޅިގެން ކުރެވޭ މަސައްކަތެއްގެ ނަތީޖާ ފޮނިވާނޭވަރު ތަސައްވަރުކޮށްލައްވާށެވެ.
ކޮންމެ ދުވަސްވަރެއްގައިވެސް އިޖުތިމާޢީ އަޚްލާޤުން ބޭރު، ވިސްނުމުގެ މީހުން އުޅޭނެމެއެވެ. ނޭނގިނަމަވެސް ކަންކަމުގައި ބަލަންޖެހޭ މިންވަރަށް ނުބަލާ މީހުން އުޅެއެވެ. މަގުތައް ރީތީ ތާރު އެޅީމާ އެކަންޏެއް ނޫނެވެ. ހަމައެހެންމެ މަގުތައް ރީތިވަނީ ކުނިކަހާ ސާފުކުރާނޭ ބަޔަކު، މަގު ސާފުކުރަން ލެވުނީމަ އެއްނޫނެވެ. މަގު، ރީތި ސާފު ތަނެއްގޮތުގައި ދެމިހުންނާނީ މަގުގައި ހިނގާ ބިނގާވެ ދުއްވާ އުޅޭ މީހުންގެ ވިސްނުމާއި ފިކުރު
ތަރައްޤީކޮށްގެންނެެވެ. ތިމާގެ އަމިއްލަ ތަނެއްގެ ގޮތުގައި ދެކިގެންނެވެ.
އިހުތިބީންވެސް ދުފިއެވެ. އޭގެތެރެއިން އެއްބަޔަކު މަގަށް ކުޅުޖަހައިވެސް އުޅުނެވެ.
ވަރަށް ފަކުރުވެރި ގޮތަށް އެކަންކުރާ މީހުންވެސް އުޅުނެވެ. ހަމައެހެންމެ ކުޅުޖެހުމަށްފަހު ފަސްއަޅާ ފޮރުވާލާ މީހުންވެސް އުޅުނެވެ.
އަދިކިއެއް މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް އެއްފަރާތަކަށް ކުޅުޖެހުމަށްފަހު ފަސްއަޅާ ފޮރުވާލާ ސުލޫކު ރަނގަޅު މީހުންވެސް އުޅުނެވެ.
މަގުތަކުގައި އޭރު ތާރެއް ނެތެވެ. އެހެނަސް ހުރިހާ ބާވަތެއްގެ ވިސްނުމުގެ މީހުން އުޅެފައިވާކަން މި ޢަމަލުތަކުން އެނގި ސާބިތުބެއެވެ.
އާދޭހެވެ! ނުދައްކައި ތިބެވެން ނެތް ވާހަކައަކީ މިއީއެވެ. ތާރު އެޅުމަކުން އެގެނެވުނީއަކީ މުޅިއަކުން 100% ތަރައްޤީއެއް ނޫނެވެ. އެއީ ތަރައްޤީގެ 50% އިންސަތަނަމަ ބާކީ 50% އަކީ މީހާގެ ބުއްދިއަށް، ވިސްނުމަށް، ފިކުރަށް ގެންނަންޖެހޭ ތަރައްޤީއެވެ.
ކުޑަހުވަދޫގެ ރީތި ނަލަ ހިތްގައިމު މަގުތަކުން މަދުންނަމަވެސް ދުފާފައިވާ ހައްޕުޑާއި މަގުމައްޗަށް އަޅަންނުޖެހޭ ކުނީގެ ބާވަތްތައް ބައެއްމީހުން އަޅާމަންޒަރު ފެންނަމުން ދިއުމީ ހިތާމަހުރި ކަމެކެވެ. ޒުވާނުން ދަޅު ފުޅި ބޮއިފައި
މަގުމައްޗަށް އެދޫކޮށްލާ މަންޒަރަކީ ދެރަ މަންޒަރެކެވެ. މިއީ ޙައްލެ ބޭނުންވެފައިވާ ކަންކަމެވެ. މުޅި ދިވެހި މުޖުތަމަޢުއަށް
ޖެހިފައިވާ އިޖުތުމާޢީ ބަލިމަޑުކަމެކެވެ.
މަގުމައްޗަށް ކުޅުޖެހުމާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ކުޅު އަދި ކުނިއެޅުން ހުއްޓުވުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކޮށްލުމީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމެވެ. އެގޮތުން އިސްލާމް ދީނުގައި ސާފުތާހިރުކަމަށް ބާރު އަޅާފައިވާ މިންވަރު އަންގައިދޭ ޕޯސްޓަރު އިޖުތިމާޢީ
ސަރަހައްދުތަކުގައި ބެހެއްޓިދާނެއެވެ. އަދި ހަމަ އެހެންމެ ސިއްޙީގޮތުން އެކަން އޮންނަގޮތް ޕޯސްޓަރުގައި ހިމެނިދާނެއެވެ.
އިޖުތިމާޢީ ސަރަޙަދުތަކުގައި ޑަސްޓްބިން ބެހެޓިދާނެއެވެ. ގޭބީސީތަކަށް އެވެއާނެސް ލީފްލެޓް ބެހިދާނެއެވެ.
އެއީ ހޭލުންތެރިކަން އިތުރު ކުރުމަށެވެ. މިކަންކަމީ ނުކުރެވޭނެ ކަންކަމެއް ނޫނެވެ. އަދި މިއާއިއެކު ފަރުދީޒިންމާ އަދާކުރުމަށް ބާރުއެޅިދާނެއެވެ. ޒުވާނުން ޚާއްސަގޮތެއްގައި މިކަންކަމަށް ސަމާލުކުރުވާންޖެހެއެވެ.
ކުޑަހުވަދޫގެ ސާފުވެށި މަދުބައެއްގެ ކޮށިވިސްނުމާއި، ނާތަހުޒީބު ޢަމަލުން މިއަދު ސަލާމަތްކުރަން ނޫޅެއްޖިނަމަ،
މާދަމަަ އަތްނުފޯރާ ފަށަށްގޮސް ޙައްލުކުރަން ދަތި މައްސަލައަކަށްވެދާނެއެވެ. މިވާހަކަ ނުދައްކައި ތިބެވެންނެތީ މިހެންވެއެވެ.