އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ރަމަޟާން ޙަރާކާތްތައް

2 years ago

އިބްނު ޙަސަން

ރަމަޟާން މަހަކީ މީސްތަކުންގެ އީމާންކަން މަތިވެގެންދާ ބަރަކާތްތެރި މައްސަރެކެވެ. ޤުރްއާން ކިޔެވުމާއި، ނަމާދުކުރުމުގައި އަޅުތަކުން ހީވާގިވެންދަނީ އެމަހުގެ މާތްކަމާއި މަތިވެރިކަމުގެ ސަބަބުންނެވެ. ހަމައެހެންމެ މި މަތިވެރި މައްސަރުގައި ދީނުގެ މަޢުލޫމާތު އަޑުއެހުމާއި ހޯދުމަކީ އިތުރަށް އީމާންކަން ހަރުދަނާވާނޭކަމެކެވެ.


މި މަތިވެރި މައްސަރުގައި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކޮށްދިނުމަކީ އަގުހުރި މަސައްކަތެކެވެ. އެގޮތުން މިއަހަރުގައިވެސް ކުޑަހުވަދޫގެ ޖަމްޢިއްޔާއެއް ކަމުގައިވާ، ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ އިސްނަގައިގެން ދ.އަތޮޅު ކައުންސިލާއި ، ދ.ކުޑަހުވަދު ކައުންސިލާއި ގުޅިގެން ކުޑަހުވަދޫއާއި ދ. އަތޮޅުގެ ރަށްތަކުގައި ދީނީ ހޭލުންތެރިކުރުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުުންނެވެ.


މިގޮތުން ކުޑަހުވަދޫގެ މިސްކިތްތަކުގައި ރަމަޟާން އިޙްޔާގެ ނަމުގައި ޙަރަކާތްތައް ކޮންމެ އަންގާރަ އަދި ހުކުރު ދެދުވަހުގެ ޢަޞުރު ނަމާދަށް ފަހުގައި އެކި މަޥްޟޫޢުތަކަށް ކުރިއަށް ގެންދެއެވެ. ރަމަޟާން މަހުގެ ކޮންމެ ހަފުތާއެއްގެ ޙަރަކާތްތައް ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ފޭސް ބުކް ޕޭޖުގައި ހިއްސާކުރަމުންދާކަން ފާހަގަކޮށްލަމެވެ.


ޔުނައިޓެޑު އިސްލާމިކް ސޮސައިޓީ އިސްނަގައިގެން ދ.އަތޮޅު ކައުންސިލާއި ، ކުޑަހުވަދޫ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދާ މި ޙަރަކާތްތަކުގައި މަޢުލޫމާތު ފޯރުކޮށްދެއްވަނީ ކުޑަހުވަދޫގެ ފަޚުރުވެރި ދަރިންނެވެ. މި ޙަރަކާތްތަކުގައި މަޥްޟޫޢުތަކަށް އިންސާފުކޮށްދެއްވަނީ އައްޝައިޚް މުޙައްމަދު ޣާލިބް ޝާހިދުގެ އިތުރުން އައްޝައިޚް ޢާޞިފް މޫސާ އިބްރާހިމް އެވެ.


ނަޞޭޙަތާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މި ޙަރަކާތްތައް އަތޮޅުތެރޭގެ ރަށްތަކުގެ މިސްކިތްތަކުގައިވެސް ވަނީ އެ ރަށްރަށުގެ ކައުންސިލުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވިފައެވެ. އެގޮތުން މިހާތަނަށް ހުޅުދެލި، ބަނޑިދޫ، ރިނބުދޫގެ އިތުރުން މީދޫގައި މި ޙަރަކާތްތައް ކުރިއަށް ގެންދެވިފައިވާކަމަށް ޔުނައިޓެޑު އިސްލާމިކް ސޮސައިޓީއިން މަޢުލޫމާތުދެއެވެ.


ދ.އަތޮޅުގެ ރަށްތަކުގެ އިތުރަށް ތ.ބުރުނި އަދި ފ. ނިލަންދޫގައިވެސް ވަނީ ނަޞޭޙަތާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ދ. އަތޮޅު ކައުންސިލާއި ، ކުޑަހުވަދޫ ކައުންސިލުން ދެއްވާ ފުރިހަމަ އެހީތެރިކަން ފާހަގަކޮށް ޔުނައިޓެޑު އިސްލާމިކް ސޮސައިޓީން ޝުކުރު އަދާކުރެއެވެ. ޔުނައިޓެޑު އިސްލާމިކް ސޮސައިޓީގެ ރައީސް އަލްފާޟިލް އިސްމާޢީލް އާދިލް ފާހަގަ ކުރައްވާ ގޮތުގައި މިފަދަ ބަރަކާތްތެރި މައްސަރެއްގައި ރައްޔިތުންނަށް މި ފަދަ ފުރުޞަތެއް އޮތުމަކީ ރައްޔިތުން އުފަލާއެކު އެކަން ބަލައިގަންނާނޭކަމެކެވެ. އަދި މި ނަޞޭޙަތާއި މަޢުލޫމާތުގެ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވުމަކީ އެފަރާތުގެ ވަރަށްބޮޑު އެދުމެކެވެ.


ދުޢާއަކީ މި ރަމަޟާންމަހަކީ އަޅުގަނޑުމެންނަށް ހުރިހާގޮތަކުންވެސް ފަހި، ސަވާބާއި ދަރުމައިގެ މަހެއްކަމުގައި ލެއްވުމެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު