އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

މެދުކެނޑުމަކަށްފަހު ބުރޯސް ކަޕް

2 years ago

އިބްނު ޙަސަން

​ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު އަނެއްކާވެސް ބުރޯސް ކަޕް ފެށިއްޖެއެވެ. ބުރޯސް ކަޕަކީ 2014 ވަނަ އަހަރުން ފެށިގެން ކުޑަހުވަދޫގައި ހަމަ ކޮންމެ އަހަރަކުމެ ބާއްވަމުން އަންނަ ފޯރިގަދަ ފުޓްސެލް މުބާރާތެކެވެ.


ޒުވާން ފުޓްސެލް ކުޅުންތެރިން އުފެއްދުމަށް މިފަދަ މުބާރާތެއް މުހިއްމެވެ. އެކި ސަބަބުތަކާހުރެ 2 އަހަރުގެ މެދުކެނޑުމެއް އޮތްނަމަވެސް، މި އަހަރު މި މުބާރާތް އިންތިޒާމުކޮށް ރޭވުމުގެ ކުރީގައި ތިބީ ކުޑަހުވަދޫގެ ޒުވާނުންކަން ފާހަގަ ކޮށްލަމެވެ.


ޒުވާނުން މިފަދަ މުބާރާތަކަށް ބޭނުން ވެފައިވާ މިންވަރު ހާމަކޮށްދިނީ މުބާރާތައް އިޢުލާނުކުރިތާ 3 މިނެޓް ތެރޭގައި ޓީމުތަކުން ރަޖިސްޓްރީވެ ނިމުމުންނެވެ. ޖުމުލަ 8 ޓީމު ބައިވެރިވި މި މުބާާރާތް ކުރިއަށް ދަނީ 2 ގުރޫޕައް ބަހާލައިގެންނެވެ. އަދި މެޗުތައް ކުޅެމުން ދަނީ ދެރޭން އެއްރޭގައެވެ.


މި މަހުގެ 3 ވަނަ ރޭގައި ފެށުނު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޢީދު ދުވަހުގެ ރޭގައެވެ. ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އަދި ރަނަރަޕަށް 2000 ރުފިޔާ ކަނޑައަޅާފައިވާ މި މުބާރާތުގައި ޑްރީމް ޓީމް ހޮވުމުގެ އިތުރަށް އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ ހޮވުމަށް ނިންމާފައިވެއެވެ.


ސަޕޯޓަރުންގެ ތަރުހީބު ބޮޑު މި މުބާރާތް ކާމިޔާބުކަމާއިއެކު ނިންމާލުމަކީ އިންތިޒާމް ކޮމެޓީގެ އެންމެ ބޮޑު އުއްމީދެވެ.

ކިޔުންތެރިންގެ ހިޔާލު