އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

އެދުވަހަށްޓަކައި ތިބާގެ ނަފުސު ތައްޔާރުހެއްޔެވެ؟

2 years ago

ބިންތު އަޙްމަދު

ދުނިޔޭގެ ޙަޔާތަކީ ވަގުތީ ޙަޔާތެއްކަން ދަންނަނީ އަހަރެމެންގެ ތެރެއިން ކިތައްމީހުންހެއްޔެވެ؟ މަރަކީ ފެންނަންއޮތް ޙަޤީޤަގަތަކަށް ވާއިރުވެސް، އެ މަރުމަތިން ހަނދާންނެތިފައިވަނީ ކިތައްމީހުންބާވައޭ ހިތަށް އަރައެވެ. ދުނިޔޭގެ އަރާމާ ލައްޒަތަށްގޮސް ހުސްވެ، ތިމާއަށް ލިބިފައިވި އަގުހުރި ވަގުތުކޮޅު ނަގައިލަނީ ކިތަށް ކިތަށް މީހުންހެއްޔެވެ؟ މާދަމާއަކީ ބައްދަލުކުރާނެ ދުވަހެއްކަން ޔަޤީން ނުވާއިރުވެސް، އެމާދަމާއަށްޓަކައި ކިތައްކަންތައް އަހަރެމެން ފަސްކުރަމު ހެއްޔެވެ. ހީވާކަހަލައެވެ. މިތަނުގައި އަބަދަށް އަހަރެމެން ދެމިތިބޭނެއެވެ. ނުވަތަ މަރަކީ ވަކި ޢުމުރެއް ކަނޑައެޅިފައިވާ އެއްޗެކެވެ. އަހަރެމެން މަރުވާނީ ދުނިޔަވީ ހުރިހައި އެދުމެއް ޙާސިލްކޮށް މުސްކުޅިޢުމުރަށް ދިއުމުންނެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ ހިތި ޙަޤީޤަތަކީ މަރަކީ އެއްވެސް ޢުމުރެއް ކަނޑައެޅިފައިވާ އެއްޗެއްނޫންކަމެވެ. ކޮންމެ ވަގުތަކުވެސް، އެކަމަށް ތައްޔާރުވިއަސް، އަދި ނުވިއަސް މަރު އައިސް ބައްދަލުކުރާނެއެވެ. އެއީ ރުހުނަސް ނުވަތަ ނުރުހުނަސްމެއެވެ. އެމަރަށް ފިލަން ދުވިނަމަވެސްމެއެވެ.


ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ އަލް ޖުމުޢަ ސޫރަތުގެ 8 ވަނަ އާޔަތުގައި ވަޙީކުރައްވައިފައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ.''


އަދު ކުއްލިމަރުތައް ގިނަވެފައިވާއިރު، ކޮންމެ މަރަކީވެސް ދިރިތިބީންނަށްއޮތް ޢިބުރަތެއްކަން ވިސްނާށެވެ. ނުވިސްނައިތިއްބައި މިވަގުތީ ޢާލަމާއި އަލްވަދާޢު ކިޔައިފައި އަހަރެމެންގެ ތެރެއިން އެތައްބަޔަކު ވަނީ މިއަދު ގޮސްފައެވެ. މަރާއިމެދުގައި ވިސްނައި ފިކުރުކުރަންވީ ތިބާގެ ގާތްމީހަކު ވަކިވެދިއުމުން އެކަންޏެއްނޫނެވެ. އަހަރެމެންނަކީ މުސްލިމުންނަށްވީއިރު، އުޚުރަވީ ޙަޔާތާއި މެދުގައި ވިސްނައި ފިކުރުހިންގުމަކީ ކޮންމެ މީހެއްގެމައްޗަށްވެސް ވާޖިބުވެގެންވާ ކަމެކެވެ. އުޚުރަވީ ޙަޔާތުގެ ފެށުމަކީ މަރުކަމުގައިވީހިނދު، އެކަމަށް ފުރިހަމައަށް އަހަރެމެން ތައްޔާރުވާން ޖެހެއެވެ.


ދުނިޔަވީ ޙަޔާތުގައި ލިބިފައި މިވާ މަދު ވަގުތުކޮޅު، ކުޅިވަރާއި މަޖަލުގައި އިސްރާފުކޮށްލުމުގެ ބަދަލުގައި އާޚިރަތަށްޓަކައި ހެޔޮޢަމަލު އެއްކުރުމަށް ބޭނުންކުރާށެވެ. ކޮންމެ ވަގުތަކުވެސް މަރު ތިބާއާއި ބައްދަލުކޮށްފާނެކަންދަނެ އެކަމަށް ތައްޔާރުވެ ހުންނާށެވެ. އެއީ ކޮންމެ ނަފުސެއްވެސް ދެކެންޖެހޭނެ ދުވަހެއްކަން ކަށަވަރެވެ. އެހެނީ ކީރިތި ޤުރުއާނުގެ އާލުއިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ.''


ޤިޔާމަތްދުވަހު ދުނިޔަވީ ޙަޔާތްވޭތުކުރެވުނު ގޮތާއިމެދުގައި ހިތާމަކުރާ މީސްތަކުންގެ ތެރެއިން ނުވުމަށްޓަކައި މިއަދު ގަދައަޅައިމަސައްކަތްކުރާށެވެ. ވަގުތު ފާއިތުވުމުގެކުރިން ތިބާގެ ނަފުސް ހިސާބުކޮށް އިސްލާހުކުރާށެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރައިލިބޭނެ އެއްޗެއްނޫންކަންދަނެ، ތިބާގެ ނަފުސު މަރަށް ފުރިހަމައަށް ތައްޔާރުކުރާށެވެ. ދެދުނިޔޭގައިވެސް ބާއްޖަވެރިއަކުކަމުގައި ތިބާ ވާނީ އޭރުންނެވެ.

ކިޔުންތެރިންގެ ހިޔާލު