ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
3 years ago
ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝާމް އިއްޔެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 250 ދުވަސްތެރޭގައި ކައުންސިލްގެ އައު އިމާރާތް އެޅުމަށް ބްރޯނީ ބްރަދާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮއް އެއްބަސް ވުމުގައި ސޮއިކޮއްްފައި ވާކަމަށެވެ.
މިކަމާބެހޭ ގޮތުން ކުޑަހުވަދޫ ޑޮޓް އެމްވީ އިން ދެންވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޝާމް ވިދާޅުވީ ކައުންސިލްގެ އައު އިމާރާތެއް އެޅިގެން ދިއުމަކީ ޖުމްލަކޮއް އޭގެ ފައިދާ މުޅިރަށް ކުރާނެ ކަމެއްކަމަށާއި، ނަމަވެެސް ބޮޑު އިމާރާތެއް ހުރެ ރައްއިތުންނަށް ރަނގަޅު ޙިދުމަތެއް ނުދެވޭނަމަ ބޮޑު އިމާރާތެއް ހުރުމުގެ ބޭނުމެއް ނެއްކަމަށެވެ.
“ މި އިމާރާތް އެޅިގެން ދިއުމަކީ މިކަމުގެ ފައިދާ ޖުމުލަކޮށް މުޅިރަށުގެ ރައްއިތުންނައް ލިބިގެން ދާނެކަމެއް އަދި ޙާއްސަކޮއް ބޮޑުއިމާރާތެއް ލިބުނުކަމުގައި ވިޔަސް ކައުންސިލުން ދޭންޖެހޭ ޙިދުމަތުގެ ފެންވަރު ރަނގަޅު ނުވާނަމަ މާ ބޮޑު އިމާރާތެއްގެ ބޭނުނުމެއް ނެއް. އެހެންކަމުން މިއެޅޭ އައު އިމާރާތާއެކު ކައުންސިލުންދޭ ޙިދުމަތްތައް ރަނގަޅުވެ އިތުރައް ލުއި ފަސޭޙަކަމެއް ލިބިގެން ދާނެކަމައް ގަބޫލުކުރަން” ވިދާޅުވިއެވެ.
ޝާމް އިތުރައް ވިދާޅުވީ ކުޑަހުވަދޫ ކައުންސިލްގެ އައު އިމާރާތަކީ ޖާގާގެ ދަތިކަން ހައްލުވެ، ކައުންސިލްގެ މުވައްޒަފުނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމުވެ، ޙިދުމަތް ހޯދުމައް އަންނަ ފަރާތްތަކައްވެސް ފަސޭހަ ވެގެން ދާނެ އިމާރާތެއް ކަމަށެވެ.
ގާތް ގަނޑަކައް 4 މިލިއަން ދިވެހި ރުފިޔާ ޙަރަދުވާނެކަމައް ކައުންސިލުން ލަފާކުރާ މި އިމާރާތަކީ ކުޑަހުވަދޫ ރައްއިތުންނައް ފަސޭހަ ކަމާއެކު ޙިދުމަތްތަށް ހޯދޭނެ އިމާރާތަކައް ވެގެންދާނެ ކަމައް އުމީދުކުރެވެއެވެ.
ކުޑަހުވަދޫ ކައުންސިލުން މިހާރު ޙިދުމަތް ދެމުން އަންނަ އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައި ހުރި އިމާރާތެއްކަމުން، ބައެއް ޙިދުމަތްތައް ދިނުމައް ދަތިތަކާއި ކުރިމަތި ވާކަމައް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
“މިހާރު ޙިދުމަތް ދެމުންދާ ކައުންސިލް އިދާރާއަކީ ވަރަށް ގިނަ ދުވަސް ވެފައި ހުރި ތަނަކައް ވުމުގެ ސަބަބުން ބައެއް ޙިދުމަތްތައް ދިނުމަށް ދަތިވެގެންދޭ” ރައީސް ވިދާޅުވިއެވެ.
ކުޑަހުވަދޫ ކައުންސިލްގެ މިހާރު ޙިދުމަތް ދެމުންދާ އިމާރާތް ހުޅުވާފައި ވަނީ މީގެ 21 އަހަރު ކުރިން ނެވެ. އެއީ 09/09/1999 ގައިއެވެ. އޭގެ ފަހުން މި އިމާރާތައް ބައެއް ބަދަލުތައް ގެނެސްފައިވަނީ މިދައުރުގައި އެވެ. އެއީ މިދައުރުގެ ކައުންސިލަރުން އެންމެ ފުރަތަމަ ކުރެވި އެއްކަންތައް ކަމުގައި ކަމައް ކައުންސިލުން ފާގަކުރެއެވެ.