އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

4 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

4 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

4 years ago

ފިޠުރު ޢީދު ދުވަހަކީ އާދީއްތަ ދުވަސް

2 years ago

ކުޑަހުވަދޫ އޮންލައިން

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މި ހިނގާ މޭމަހުގެ 24 ވާ އާދީއްތަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.


ޝައްވާލުމަހުގެ ހަނދާބެހޭގޮތުން ގޮތެއް ކަނޑައެޅުއްވުމަށް މިރޭ ބޭއްވި ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓަރ ވަނީ މިކަން ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ރަމަޟާންމަހުގެ 29، ނުވަތަ 2020 ވަނަ އަހަރުގެ މޭމަހުގެ 22 ވާ ހުކުރުދުވަހުގެ އިރުއޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީހިސާބުން ކަށަވަރުވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


އަދި މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ފެނިފައިނުވާކަަމަށާ، އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލްމަހުގެ ހަނދުފެނުނުކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިނުވާކަމަށްވެސް މިނިސްޓަރވިދާޅުވިއެވެ.


އެހެންކަމުން ރާއްޖޭގައި ރަމަޟާންމަހާއި ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމުގައި އަމަލުކުރާ އުސޫލުގެދަށުން މާދަމާއަކީ ރަމަޟާންމަހުގެ 30 ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން 1441 ވަނަ އަހަރުގެ ޝައްވާލްމަހުގެ ފުރަތަމަ ދުވަހަކީ ނުވަތަ ފިޠުރު ޢީދުދުވަހަކީ މި ހިނގާ މޭމަހުގެ 24ވާ އާދީއްތަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު