އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

4 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

4 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

4 years ago

ކައުންސިލްތަކުން ބޭނުންވާނަމަ ހުއްދަ ހޯދައިގެން މައިދާނުގައި ޢީދު ނަމާދު ކުރެވޭނެ – މިނިސްޓްރީ

2 years ago

ކުޑަހުވަދޫ އޮންލައިން

ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާނަމަ މިއަހަރުގެ ފިޠުރު ޢީދު ނަމާދު މައިދާނުގައިވެސް ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.


މިސްކިތްތަކުގައިވެސް އަދި މައިދާނުގައިވެސް ކުރެވޭނެކަމަށާއި މައިދާނުގައި ކުރަން ބޭނުންވާނަމަ މައިދާނުގައި ކުރަން ނަގަން ޖެހޭ ހުއްދަ ނެގީމަ ކުރެވޭނެކަމަށެވެ.


ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކެއްގައި ޖަމާޢަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އޮތުމަށްފަހު ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްރަށުގައި މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދުން ފެށިގެން ވަނީ ޖަމާޢަތުގެ ނަމާދު ކުރުން ފަށާފައެވެ.


ޖަމާޢަތުގެ ނަމާދު ކުރުން ފަށާފައިވާއިރު މާސްކް އެޅުމަށާއި ގެއިން ވުޟޫކޮށްގެން ދިޔުމަށާއި ކެއްސުން ފަދަ ބަލި ހުންނަ ފަރާތްތައް އަދި އުމުރުން ދުވަސްވީ ފަރާތްތަކުން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު