އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ލޮކްޑައުންގައި ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލަނީ

3 years ago

ކުޑަހުވަދޫ އޮންލައިން

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ގިނަ ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގިނަ ރަށްތަކުގައި އަލުން ޖަމާޢަތުގައި ނަމާދުކުރަން ފަށައިފިއެވެ.


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލާފައިވަނީ 19 އޭޕްރީލް 2020 ވީ އާދީއްތަ ދުވަހުގެ މަޣްރިބް ނަމާދުން ފެށިގެންނެވެ. އޭގެ ކުރިން މިދިޔަ މާރޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން މާލޭގައި ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލާފައެވެ.


މިއަދު ޖަމާޢަތުގައި ނަމާދުކުރަން ފަށާފައިވަނީ މާލެސިޓީއާއި 25 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށެއްގައެވެ. މިއަދު ޖަމާއަތުގައި ނަމާދު ކުރަން ނުފަށާ ރަށްތަކަކީ މި ވަގުތު ރާއްޖޭގައި ފުރަބަންދުގެ ޙާލަތުގައި ހުރި ރަށްރަށާއި، މޮނިޓަރިންގ ޙާލަތުގައި ހުރި ރަށްތަކުގެ އިތުރުން އެރަށެއްގައި މީހަކު ކަރަންޓީނު ކޮށްފައިވާ ރަށްތައް ހިމެނޭގޮތަށް ކަނޑައެޅުނު 25 ރަށެވެ.


މިއަދު ޖަމާޢަތުގައި ނަމާދު ކުރުމަށް މިސްކިތްތައް ހުޅުވާލާފައިވާއިރު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމަށް އިސްލާމިކް މިނިސްޓްރީންވަނީ ކައުންސިލްތަކަށް އަންގާފައެވެ.


މީގެ އިތުރުން މިވަގުތު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ މިހާރުގެ ހާލަތަށް ބަލައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދު ދަށުން މިވަގުތަށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށާއި، ހާލަތު ރަނގަޅުވަމުން އަންނަނަމަ އެކަންކަމުގައި ލުއިތަކެއް ދެމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު