އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

5 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

5 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

5 years ago

ރަށްރަށުގެ ޓާސްކްފޯސްތަކައް އިތުރު ބާރުތަކެއްދީ މާދަމާ އެކަން އާއްމުކުރަނީ

3 years ago

ކުޑަހުވަދޫ އޮންލައިން

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެކުލަވާލާފައިވާ ޓާސްކްފޯސްތަކަށް ބާރުތަކެއް ދިނުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްސް މަޝްވަރާ ކުރަމުން އަންނަކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.


ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ، ބާރުތަކެއް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާކަމަށާއި މާދަމާ އެކަން އާއްމު ކުރެވޭވަރުވާނެކަމަށް ބެލެވޭކަމަށެވެ.


އެޗް.ޕީ.އޭއިން ކޮންމެ ރަށެއްގައިވެސް ކޮވިޑް 19 އާއި ގުޅިގެން ޓާސްކްފޯސްތައް ޤާއިމްކޮށްފައިވާއިރު ބައެއް އާއްމު ރައްޔިތުން ޓާސްކްފޯސްގެ އެންގުންތަކަށް ޢަމަލު ނުކުރާ މައްސަލަ އަންނަނީ ފެންމަތިވަމުންނެވެ. ހާއްސަކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޯމް އައިސޮލޭޓްވާން އަންގާ ބައެއް ފަރާތްތަކުންވެސް އެ އެންގުމަށް ޢަމަލު ނުކުރާކަން ވަނީ ފާހަގަކުރެވިފައެވެ.


އެޗް.ޕީ.އޭއިން ޓާސްކްފޯސްތަކަށް އިތުރު ބާރުތަކެއް ދިނުމުން މިފަދަ ގިނަ ކަންކަން ހައްލު ކުރެވޭނެކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު