އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

2 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

2 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

2 years ago

މެރިންޑްރައިވް (ފަސްޓްލައިޓް ކުރިމަތި) ގައި ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ

1 year ago

ކުޑަހުވަދޫ އޮންލައިން

ދ. ކުޑަހުވަދޫ މެރިންޑްރައިވް މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގޮސް، އެމަގުގައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ވެއްޖެ އެވެ.


ފުލުހުން ބުނީ މިއަދު ހެނދުނު 6:26 އެހާކަށްހާއިރު ކުޑަހުވަދޫގައި މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފަސްޓްލައިޓް ކެފޭއެއްގެ ކުރިމަތީގައި ޕާކުކޮށްފައި ހުރި ތިން ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ސައިކަލުގައި ދެ މީހަކު އިންއިރު ދެ މީހުންނަކީ ވެސް 18 އަހަރު ވެފައިވާ ދެ މީހުންނެވެ.


މި އެކްސިޑެންޓު ހިނގިއިރު، އެ ސައިކަލުގައި ދެ މީހަކު ތިބިކަމަށާއި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އުމުރުން 18 އަހަރުގެ މީހާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސް، ސައިކަލު ފަހަތުގައި އިން އުމުރުން 18 އަހަރުގެ މީހާގެ ކަނާތު ފައިގެ ކުޑަހުޅުން ދުޅަވެެ، ބޮލުގެ މަތިން ކުޑަތަންކޮޅެއް ފަޅައިގެން ގޮސް، ގައިގެ އެކިތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެއިތުރުން ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެކެވެ.


މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު