އެންމެ ފަހުގެ

ކޮލަމް

ދުނިޔެ

ޖަޕާނުން ރާއްޖެ އަށް 2.7 މިލިއަން ޑޮލަރު ދީފި

ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.

2 years ago

ނަފްސާނީ ގޮތުން ބަލިކަށި މީހަކު ކައުބާގައި އަމިއްލައަށް މަރުވެއްޖެ

މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

2 years ago

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.

2 years ago

ގިނަ އަދަދެއްގެ ބަނގުރާ، ކުޑަހުވަދޫ ފުލުހުން ނައްތާލައިފި

1 year ago

ކުޑަހުވަދޫ އޮންލައިން

493 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ނައްތާލައިފއެވެ.


ފުލުހުން ބުނީ އިއްޔެ ނައްތަލާފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 25 ވަނަ ދުވަހާ ހަމަޔަަށް ހުށައަޅާފައިވާ މައްސަލަތަކާ ގުޅުން ހުރި ބަނގުރާކަމަށެވެ.


އެގޮތުން ނައްތާލާފައިވާ ބަނގުރަލުގެ ތެރޭގައި 769 ބަނގުރާ ފުޅިއާއި 694 ދަޅުގައި ހުރި ބަނގުރާ ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައި ވަނީ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ބުނެއެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މަސްތުވާތަކެއްޗާއި، ބަނގުރާ ފަދަ ތަކެތީގެ ތެރެއިން ޝަރީއަތަށް ކޮންމެހެން ބޭނުންވާ ތަކެތި ފިޔަވައި އެހެން ހުރިހާ އެއްޗެއް ފުލުހުން ދަނީ އެކި ދުވަސް މަތިން ނައްތާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު