ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
4 years ago
ގައުމީ އެއާލައިން، މޯލްޑިވިއަން އިން ދ. ކުޑަހުވަދޫއަށް ހާއްސަ ޕްރޮމޯޝަނަލް ފެއާއެއް ތައާރަފް ކޮށް، ޓިކެޓު ވިއްކަން ފަށައިފިއެވެ.
މޯލްޑިވިއަނުން ބުނީ، އެ ފެއާގައި އެއްކޮޅު ޓިކެޓުގެ އަގަކީ 699 ރުފިޔާ ކަމަށާއި މިހާރުން ފެށިގެން އެ ފެއާއަށް ރިޒަވޭޝަން ހެއްދުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ހުރިހާ ޓިކެޓިން އޮފީސްތަކުންނާއި ނުވަތަ 3335544 އަށް ގުޅައިގެން ރިޒަވޭޝަނ ހެއްދޭނެ ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
ނަމަވެސް ފެއާ ހުޅުވާލައިފައިވަނީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެއެވެ.
ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓަށް މޯލްޑިވިއަން އިން ރަސްމީކޮށް ޝެޑިއުލް ދަތުރުތައް ފެށީ 28 ޖޫން 2017ގައެވެ. އެގޮތުން ފުރަތަމަ ކޮޅު ޓިކެޓު ވިއްކަމުންދިޔައީ އެއްކޮޅު 888 ރުފިޔާއަށެވެ. އަދި މިހާރު އާންމުކޮށް ދާލު އެއާޕޯޓަށް ޓިކެޓު އުޅެނީ 750 ރުފިޔާއިން މަތީގައެވެ.
މޯލްޑިވިއަންގެ އިތުރުން މަންޓާ އެއާއިން ވެސް ދަނީ ދ. ކުޑަހުވަދޫއަށް ދަތުރުތައް ކުރަމުންނެވެ.