ދިވެހި ރާއްޖޭގެ ސިއްހީ ދާއިރާގެ ކުރިއެރުމަށް ޖަޕާނުން ރާއްޖެއަށް 2.7 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
5 years ago
މައްކާގައި ހުންނަ އެންމެ މާތް ބިން ކަމުގައިވާ ކައުބަތުﷲ ގެފުޅު (ހަރަމްފުޅު) ހުންނަ ސަރަޙައްދުގައި އަނެއްކާވެސް މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
5 years ago
ޖަޕާނުގެ އޮސާކާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެ ތިން މީހަކު މަރުވެ 200 މީހުންނަށް އެކި ވަރުގެ އަނިޔާވެއްޖެ އެވެ.
5 years ago
4 years ago
ދ. ކުޑަހުވަދޫ ފުއްޓަރު ބޭރުން ދަތުރު ކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އެކަކު މަރުވެއްޖެއެވެ.
ކަށަވަރުކުރެވިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެ ޑިންގީ އިން ދަތުރުކުރި ފަތުރުވެރިޔެކެވެ. އޭނާ ނިޔާވެފައި ވަނީ ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ވިދާޅުވީ، މިހާދިސާގައި ނިޔާވެފައިވަނީ ސްވިޑެންގެ ޓޫރިސްޓް އެއް ކަމަށާއި، އެހެން މީހުންނަށް ކުޑަހުވަދޫ ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ.
ބަންޑުން ޖަހާލި ލޯންޗަކީ އއ. އުކުޅަސް ލޯންޗެއް ކަމަށާއި، މި ލޯންޗް ބަންޑުން ޖަހާލާފައި މިވަނީ ފުއްޓަރު ބޭރުގައި މަސްބާނަން އުޅުމުގެތެރޭގައި ފުއްޓަރާ މާ ގާތްކޮއްލުމުގެ ތެރޭގައި ނެގި ރާޅަކާއިއެކުގައި ބަންޑުން ޖަހާލީ ކަމަށެވެ.
ބަންޑުން ޖަހާލި މި ޑިންގީގައި ހަ މީހުން ތިބި އިރު، އޭގެ ތެރެއިން ހަތަރު މީހުންނަކީ ސްވިޑެންގެ ފަތުރުވެރިންނެވެ.
މި ހާދިސާ ހިނގާފައިވަނީ، މަސްބާނަން ގޮސްއުޅުމުގެ ތެރޭގައި ޑިންގި ފަރާއި މާބޮޑަށް ކައިރިކޮއްލެވުނު ގަޑީގައި ޖެހިރާޅެއްގެ ސަބަބުން ޑިންގި ބަންޑުން ޖަހައިލައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އެ ސަރަހައްދަށް ދިޔަ އިރު، ޑިންގީގައި ތިބި މީހުން ވަނީ ކުޑަހުވަދޫއަށް ގެންގޮސްފައެވެ.
އެ މީހުން ސަލާމަތްކުރީ ކުޑަހުވަދޫން ޖެޓްސްކީގައި ދިިޔަ ބައެއް ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.